ޑެންގީ ހުން ޖެހިގެން ޒުވާނެއްގެ ހާލު ސީރިއަސްވެ، ފަރުވާ ދޭން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި، މިދިޔަ ހަފުތާގައި ހުން އައިސްގެން 23 އަހަރުގެ އެ ޒުވާނާއަށް ފުރަތަމަ ފަރުވާ ދިނީ ށ. މިލަންދޫގަ އެވެ. އޭގެ ފަހުން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ އިއްޔެއެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ޒުވާނާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.
ޑެންގޫ ޖެހިގެން ރިޕޯޓުކުރާ ކޭސްތައް އިތުރުކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް ވަނީ ބުނެފައެވެ. އެގޮތުން މިދިޔަ މަހު އެކަނިވެސް 535 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ބުންޏެވެ
އަލީ ޔާމިން
އައިޖީއެމްއެޗް