ވޭޕް އަދި އީ-ސިނގިރޭޓާ ގުޅުންހުރި މައްސަލަތަކުގައި 82 މީހަކު 407،000 ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.
ފުލުހުން މިއަދު ހާމަކުރި ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި މާޗް އެކަކުން އެމަހުގެ ނިޔަލަށް ވޭޕް އަދި އީ-ސިނގިރޭޓާ ގުޅުން ހުރި ޖުމުލަ 20 މައްސަލައެއް ރެކޯޑް ކުރެވިފައި ވެއެވެ.
އެ މުއްދަތުގެ ތެރޭގައި 82 މީހަކު ޖޫރިމަނާ ކޮށްފައިވާއިރު، ޖޫރިމާނަކުރި ޖުމުލަ އަދަދަކީ 407،000 ލައްކަ ރުފިޔާ ކަމަށް ފުލުހުން ބުނެއެވެ.
"މި އަދަދުތަކުން ދައްކުވައިދެނީ އަޅުގަނޑުމެން މިހާރު ކުރަމުން އަންނަ އެންފޯސްމަންޓް މަސައްކަތްތައް، ނަމަވެސް އެއަށްވުރެ ބޮޑަށް މި އަދަދުތަކުން ދައްކުވައިދެނީ ހޭލުންތެރިކަން އިތުރުކޮށް، ޒިންމާދާރު ނިންމުންތަކެއް ނިންމުމުގެ މުހިއްމުކަން." ފުލުހުން ބުންޏެވެ.
މިކަމުން އެންމެނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ރައީސް އޮފީހުގައި ފާއިތުވި މާޗް ފަސްވަނަ ދުވަހު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ އެ މިނިސްޓްރީން އެންމެ އިސްކަމެއްދީގެން ކުރަމުން އަންނަ އެންމެ ބޮޑު އެއް މަސައްކަތަކީ ޑްރަގްގެ ސަޕްލައި މަދުކުރުން ކަމަށެވެ.
އެ މަސައްކަތުގެ ދަށުން މިދިޔަ ދޮޅުމަސް ތެރޭގައި 83 ކިލޯގެ މަސްތުވާތަކެއްޗާއި ގަވާއިދާ ހިލާފަށް އެތެރެކުރި ދެ މިލިއަން ސިނގިރޭޓް އަތުލައިގެންފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
ޕޮލިސް
ޕޮލިސް
ޕޮލިސް