ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ހާއްސަ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީން މިއަދު ބުނީ އެ ވޯކްޝޮޕް ކުރިޔަށްގެންދަނީ ޔޫތު ހަބްގެ ޓްރެއިނިން ރޫމްގައި ކަމަށެވެ.

މި ވޯކްޝޮޕުގައި ބައިވެރި ވެވެނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ހާއްސަ ވޯކްޝޮޕަކީ އެއްވެސް ފީއަކާ ނުލައި ހިލޭ ބައިވެރިވެވޭނެ ވޯކްޝޮޕެކެވެ.

ވޯކްޝޮޕްގައި ކާށިކުނބު ބޭނުންކޮށްގެން ތަފާތު ސަގާފީ އަދި ޒަމާނީ ތަކެތި ފަރުމާކޮށް ތައްޔާރުކުރާނެ ގޮތްތައް ދަސްކޮށްދެވޭނެކަމަށް އެ މިިނިސްޓްރީން ބުނެއެވެ.

އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 އިން 23އަށް، ކޮންމެ ދުވަހެއްގެވެސް ރޭގަނޑު 20:00 އިން 23:00 އަށެވެ.

އެ ވޯކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް މިހާރު ވަނީ ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ނަމަވެސް އެ ޕްރޮގްރާމަށް ކަނޑައެޅިފައިވަނީ ވަކި މިންވަރެއްގެ ޖާގަ ކަމަށްވާތީ، ވީހާވެސް އަވަހަކަށް ރަޖިސްޓްރީ ވުމަށް ޔޫތް މިނިސްޓްރީން އެދިފައިވެއެވެ.

ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމަށް https://forms.cloud.microsoft/pages/responsepage.aspx?id=XfitLm8wK0KPqcP_jOKCIotosvukFm9Ov9sbnhUohAtUQ1dHUVVaNVFBWEUwR09DQTM3OURKTktSSi4u&route=shorturl މި ލިންކުގައިވާ ފޯމު ފުރިހަމަކުރުމަށްފަހު ސަބްމިޓް ކުރުމަށް ނުވަތަ އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރް ކޯޑު ބޭނުންކޮށްގެން ފޯމު ފުރިހަމަ ކުރުމަށް ޔޫތް މިނިސްޓްރީން އެދިފައިވެއެވެ.