ތަމަޅަ ސިނަމާގެ މަޝްހޫރު ތަރި ތަލަޕަތީ ވިޖޭގެ އެންމެ ފަހު ފިލްމު، 'ޖަނަ ނާޔަގަން' ސިނަމާތަކުގައި އެޅުވުމުގެ ކުރީން އޮންލައިންކޮށް މުޅީން ލީކުކޮށްލައިފިއެވެ. މި ހިނގާ އެޕްރީލް މަހުގެ 9 ވަނަ ދުވަހުގެ ރޭ ފުރަތަމަ ކުރު ވީޑިއޯތަކެއް އިންޓަނެޓުގައި ދައުރުވާން ފެށި ނަމަވެސް، ޖެހިގެން އައި ދުވަހުގެ ހެނދުނު ވަނީ މުޅި ފިލްމު އެޗްޑީ ފެންވަރުގައި ޕައިރަސީ ވެބްސައިޓުތަކަށް ލައިފައެވެ.
އެޗް ވިނޯތު ޑައިރެކްޓްކޮށް، ކޭވީއެން ޕްރޮޑަކްޝަންސް އިން އުފައްދާފައިވާ މި ފިލްމަކީ އިންޑިއާގެ ސެންސަރު ބޯޑުގެ މައްސަލަތަކަކާ ހުރެ ހުއްދަ ނުލިބި، ނެރުން އެތައް މަހަކަށް ލަސްވެފައިވާ ފިލްމެކެވެ. މިއީ ވިޖޭ ސިޔާސީ މައިދާނަށް ނުކުތުމަށްޓަކައި ފިލްމީ ދާއިރާއާ ދުރަށް ދިއުމުގެ ކުރިން ކުޅުނު އެންމެ ފަހު ފިލްމަށް ވުމާއެކު، މިއީ އޭނާގެ އެތައް މިލިއަން ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު ހިތާމައަކާއި ސިހުމެކެވެ.
ސިޔާސީ މަޝްރަހާއި ގުޅުން
މި ފިލްމު ލީކުވެފައިވަނީ އެޕްރީލް މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޓަމިލް ނާޑޫގެ ސްޓޭޓް އެސެމްބްލީ އިންތިހާބާ ވަރަށް ގާތްވެފައި ވަނިކޮށެވެ. ވިޖޭގެ އަމިއްލަ ސިޔާސީ ޕާޓީ ކަމަށްވާ 'ތަމިލަގަ ވެޓްރި ކަޒަގަމް' އިން މި އިންތިހާބުގައި ވާދަކުރާއިރު، އޭނާއަކީ އެ ޕާޓީގެ ޗީފް މިނިސްޓަރު ކަމުގެ ކެންޑިޑޭޓެވެ. އެހެންކަމުން، ފިލްމު ލީކުވުމަކީ ސިޔާސީ ގޮތުން ވިޖޭގެ އަގުވައްޓާލުމަށް ނުވަތަ އޭނާގެ ކެމްޕޭނަށް ހުރަސްއެޅުމަށް އަމާޒުކޮށްގެން ދިން ވަރުގަދަ ހަމަލާއެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ. އަދި ބައެއް ފަރާތްތަކުން ވަނީ މިއީ ޑީއެމްކޭ ފަދަ އިދިކޮޅު ބޮޑެތި ސިޔާސީ ޕާޓީތަކުން ރާވައިގެން، ފިލްމުގެ އެޑިޓިން މަރުހަލާގެ ތެރެއިން ވަގަށް ނަގައިގެން ކޮށްފައިވާ ކަމެއް ކަމަށްވެސް ތުހުމަތުކޮށްފައެވެ. މިކަމާ ގުޅިގެން ސިޔާސީ މަސްރަހު ވަނީ އިތުރަށް ހޫނުވެފައެވެ.
ފިލްމީ ސިނާއަތުގެ ކަންބޮޑުވުން
ފިލްމު ލީކުވުމާ ގުޅިގެން މުޅި ދެކުނު އިންޑިއާގެ ފިލްމީ ސިނާއަތުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް، ކަންބޮޑުވުން ފާޅުކޮށްފައެވެ. މަޝްހޫރު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ބުނެފައިވަނީ މިއީ އެތައް ސަތޭކަ ބައެއްގެ އެތައް މަހެއްގެ ބުރަ މަސައްކަތް ފެނަށް ދުއްވާލުން ކަމަށާއި، މިފަދަ އަމަލުތަކުގެ ސަބަބުން ފިލްމީ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. ޕޫޖާ ހެގްޑޭ އަދި ބޮބީ ޑިއޯލް ފަދަ ތަރިން ހިމެނޭ މި ފިލްމަކީ ގާތްގަނޑަކަށް 400 ކްރޯޑް ރުޕީސްގެ ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. ޕައިރަސީ މައްސަލަތައް ހުއްޓުވުމަށްޓަކައި ކޭވީއެން ޕްރޮޑަކްޝަންސް އިން މިހާރު ވަނީ ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅައި، ޤާނޫނީ ފިޔަވަޅުތައް އަޅަން ފަށައިފައެވެ. އިންޓަނެޓުގައި ދައުރުވަމުންދާ ލިންކުތައް ފޮހެލުމުގެ މަސައްކަތް ކުރަމުންދާއިރު، ލީކުވެފައިވާ ވީޑިއޯތައް ހިއްސާ ނުކުރުމަށާއި، ގާނޫނީ އިމުގެ ތެރެއިން ފިލްމު ސިނަމާތަކުގައި އެޅުވުމުން ބެލުމަށް ފިލްމުގެ ޓީމުންނާއި ވިޖޭގެ ސަޕޯޓަރުން ދަނީ އާންމުންގެ ކިބައިން އާދޭހާއެކު އެދެމުންނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން