ބ. ތުޅާދޫ އާއި ތ. ވިލުފުށިން ދޫކުރާ ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ތުޅާދޫ އަދި ވިލުފުށިން ވެސް އިއުލާންކޮށްފައިވަނީ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން ހައުސިން ޔުނިޓަށް އެދި "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މުއްދަތު މިމަހުގެ 30ގެ 23:50ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ވިލުފުށިން ދޫކުރާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުވެސް މިމަހުގެ 30ގެ 23:50ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް މިނިސްޓްރީގެ އިއުލާންގައިވެއެވެ.
މިނިސްޓްރީން މީގެ ކުރިން ވަނީ ތުޅާދޫ އަދި ވިލުފުށިން ހައުސިން ޔުނިޓު ދޫކުރާ އުސޫލު ވެސް އާންމުކޮށްފައެވެ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ