ފ. ފީއަލި ބޯޓުތަކުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީ މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މިއަދު ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެރަށުގެ ބަނދަރުގައި އަޅާފައިވާ ހަތަރު އުޅަނދެއް (ތިން ދޯންޏާއި އެއް ތެޔޮ ބޯޓު) އަދި އައިސް ޕްލާންޓެއް ވަނީ އަނދައިގެން ގޮސްފައެވެ.
މީގެ އިތުރުން މި ހާދިސާގައި ދެ މީހަކު ފިހިފައިވާ ކަމަށެވެ. އެއީ ދިވެއްސަކާއި ބިދޭސީއެކެވެ. އެތަނުން ބޮޑަށް އަނިޔާ ލިބުނު ބިދޭސީ މީހާއަށް ފަރުވާދިނުމަށް ވަނީ ސީ އެންބިއުލަންސްގައި އައިޖީީއެމްއެޗަށް ފޮނުވާލަފައި ކަމަށް އެންޑީއެމްއޭ ބުންޏެވެ.
އެމްއެންޑީއެފްއިން މިއަދުގެ 11:19 ގައި ބުނީ މި ހާދިސާގެ ރިޕޯޓް މިއަދު 09:30 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ ފަޔާ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށް، އަލިފާން ނިއްވާލެވުނީ މިއަދު 10:35 ހާއިރުއެވެ.
އަލިފާންގަނޑު އިތުރަށް ފެތުރި ތިން ދޯންޏަކާއި އަދި ފީއަލީގެ އައިސްޕްލާންޓު ވަނީ އަނދައިފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން މިފްކޯއިން ބުނީ ފީއަލީ ބަނދަރުގައި ހިނގި އަލިފާނުގެ ހާދިސާގައި، ފީއަލީ އައިސް ޕްލާންޓު ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފައިކަމަށެވެ.
"މި އައިސް ޕްލާންޓާއި ރޯވި އުޅަނދާ ދޭތެރޭ ހުރީ 15 ވަރަކަށް ފޫޓު. މިއީ 25 ޓަނުގެ އައިސް ޕްލާންޓެއް. މި އައިސް ޕްލާންޓު އޮޕަރޭޝަނަށް ގެނައީ ޖޫން 2025 ގައި ފެނަކައިން މިފްކޯއާ ހަވާލުކުރުމުން 1 ސެޕްޓެމްބަރު 2025 ގައި." މިފްކޯއިން ބުންޏެވެ.
ފާތިމަތު ލިއުޝާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ