ސްރީލަންކާގެ ކޮލަމްބޯގައި ތާށިވެފައި ހުރި ކޮންޓެއިނަރުގެ ތެރެއިން ރާއްޖޭގެ މާކެޓަށް ދިމާވެދާނެ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން 80 ކޮންޓެއިނަރު އަވަސްކޮށްދޭން އެދިވަޑައިގެންފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ރާއްޖެއާ ކޮލަމްބޯއާ ދެމެދު ދަތުރުތައް ކުރަމުން އައި ނަމަވެސް މިހާތަނަށް 4200 ކޮންޓެއިނަރު ތާށިވެފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އޭގެ ތެރެއިން ބައެއް ބާވަތްތަކުގެ މުދާ ރާއްޖެ ގެނައުން އަވަސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސަން ފްލާވާ ތެލާއި ކިރު ރާއްޖެއަށް ގެނައުން އަވަސް ކުރުމަށް 80 ކޮންޓެއިނަރު އަވަސް ކުރުމަށް ލަންކާގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"މިއަދު ހެނދުނު މިނިސްޓްރީން ވިދާޅުވި ދެ ޕްރޮޑަކްޓެއް އަވަސްކުރަން ބާޒާރުން އަޅުގަނޑުމެންނަށް ރިކުއެސްޓް ކޮށްފައި އެބައިނޭ. އެހެންވެ އެ ދެބާވަތްވެސް އަޅުގަނޑުމެން މިދަނީ އަވަސްކުރަމުން. އޭގެ ތެރޭގައި އެސެންޝިއަލް އައިޓަމްސްގެ ތެރޭގައި ހިމެނޭ، މާނައަކީ 164 ބާވަތެއްގެ މުދަލުގެ ތެރޭގައި ހިމެނޭ ބާވަތެއް ވީމަ ވަރަށް ބޮޑަށް އެ މުދާ ގެނައުމުގެ، މާނައަކީ އެހެން ކަންތައްތަކަށްވުރެ ބޮޑަށް ޕްރަޔޯރިޓީ އެބަދެމޭ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އަސާސީ އެއްވެސް މުދަލެއް ހުސް ނުވެ، ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ.
އަލީ ޔާމިން
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ