އިރާނުގެ ވައިގެ ސަރަހައްދުގައި ދަތުރުކުރި އެމެރިކާގެ ފައިޓާ ޖެޓަކަށް އިރާނުން ދިން ހަމަލާއަށްފަހު އޭގެން ދަތުރުކުރި ޕައިލެޓު ސަލާމަތްކުރުމަށް ކުރިޔަށްގެންދިޔަ މިޝަންގެ މައުލޫމާތު އާންމު ކުރި ނޫސްވެރިޔާ ޖަލަށް ލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
ހުކުރުދުވަހު ވެއްޓުނު އެ ޖެޓުން ދަތުރުކުރި ޕައިލެޓުންގެ ތެރެއިން ފުރަތަމަ ޕައިލެޓު ސަލާމަތްކޮށްފައިވާކަމަށް ފުރަތަމަ ރިޕޯޓު ކޮށްފައިވާ ނޫސްވެރިޔާއަށް މައުލޫމާތު ހިއްސާކުރި ފަރާތް ހޯދުމަށް ޓްރަމްޕް ވަނީ މަސައްކަތް ފަށްޓަވައިފައި ކަމަށް ހަބަރުތައް ބުނެއެވެ.
ވައިޓްހައުސްގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޓްރަމްޕް ވަނީ އިރާނާ ދެކޮޅަށް އެމެރިކާއިން ކުރިޔަށް ގެންދާ އޮޕަރޭޝަން ތަކުގެ މައުލޫމާތު ލީކު ވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ފާހަގަކުރައްވައިފައެވެ.
ޓްރަމްޕް އިންޒާރު ދެއްވާފައިވަނީ ކޮން ނޫސްވެރިޔަކަށް ކަމެއް ވައިޓް ހައުސްއިން ނުބުނެއެވެ.
މުހައްމަދު އައުޒަމް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް