އެމެރިކާގެ ޕްރައިވެޓް ކުންފުންޏަކުން ހަނދުގެ ދެކުނު ތަނޑިއަށް އުޅަނދެއް ފޮނުވައިފިއެވެ.

އެމެރިކާގެ އިންޝޫޓިވް މެޝިންސް އިން ހަނދަށް ފޮނުވި އުޅަނދު ހަނދުގައި ޖައްސާފައިވާ ކަަމަށް އެ ކުންފުނިން ބުނެފައިވީނަމަވެސް އެ އުޅަނދު ހަނދުގައި ޖައްސާފައި އޮތީ ކޮންގޮތަކަށްކަން އަދި ސާފު ނުވާކަމަށް އެ ކުންފުނިން ބުނެއެވެ.

ބުރާސްފަތި ދުވަހު ހަނދުގައި ޖެއްސި އިންޝޫޓިވް މެޝިންސްގެ އުޅަނދު "އެތޭނާ" އަކީ މިހާތަނަށް ހަނދަށް ފޮނުވާފައިވާ އުޅަނދުތަކުގެ ތެރެއިން އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ ވަރުގަދަ އުޅަނދެކެވެ. އޭގައި ސައިންޓިފިކް އާލާތްތަކާއި ހަނދުގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށް ދިރާސާ ކުރުމަށް ހާއްސަ ރޮބޮޓެއްވެސް ހިމަނައިފައިވެއެވެ.

އިންޝޫޓިވް މެޝިންސް އިން އެމެރިކާގެ ނާސާއާ ގުޅިގެން ހަނދުގައި ފެނާއި އައިސް ހުރިތޯ ބެލުމަށް ދިރާސާކުރުމަށް ވެސް އެ އުޅަނދުން މަސައްކަތް ކުރާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ރޭވިފައިވާ ގޮތަށް ހަނދުގައި އެ އުޅަނދު ޖައްސައިފިނަމަ ސައިންޓިފިކް ދިރާސާތައް 10 ދުވަސްތެރޭ ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ.