ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި އަހަރުގެ ފުރަތަމަ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕް މިމަހުގެ 10 އިން 11 އަށް ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލުގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.
ޓްރީ ޓޮޕް ހޮސްޕޮޓަލުން ބުނީ މި ހެލްތު ކޭމްޕުގެ މަގުސަދަކީ އެ އަތޮޅުގެ ކައިރި ރަށްރަށުގެ ރައްޔިތުންނަށް ކުރިއާލާ ރެޖިސްޓްރީވެ، ތަފާތު ދާއިރާތަކުގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމާއި، ރަށްރަށުގެ ސިއްހީ ހިދުމަތްތެރިންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމެވެ.
މި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 10 އިން 11 އަށެވެ. މިއީ އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ރިސޯޓް މުވައްޒަފުންނަށް މާލެއަށް ދަތުރުކުރުމުގެ ބަދަލުގައި، ރަށުގައި ތިބެގެން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް ލިބޭ ފުރުސަތެކެވެ.
ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ ޓީމްމި ކޭމްޕުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާހަގަކޮށްލެވޭ ހަތް ސްޕެޝަލިސްޓުންގެ ޓީމެއް ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ކަށީގެ ބަލިތަކުގެ ހާއްސަ - ޑރ. މުހައްމަދު ހަބީބް އަދި ޑރ. އަލީ މުޒުނީ
- ނާރުގެ އޮޕަރޭޝަންތަކުގެ ހާއްސަ - ޑރ. އަނިޝް މާން ސިންގް
- ހަމުގެ ބަލިތަކުގެ ހާއްސަ - ޑރ އަނޫ. އަގަރްވާލް
- އެންޑަކްރިނޮލޮޖީ / ހޯމޯންގެ ބަލިތަކުގެ ހާއްސަ - ޑރ. ޕަންކަޖް ޕަތަވަރީ
- ފުއްޕާމޭގެ ބަލިތަކުގެ ހާއްސަ - ޑރ. ނަޒްމީ ލަތީފް
- ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ހާއްސަ - މެހްމެޓް އޮޑޭ
މިއީ މ، ދ، ތ، ގއ، ގދ، ހއ އަދި ލާމު އަތޮޅުގައި ކާމިޔާބުކަމާ އެކު ހިންގި ޕްރޮގްރާމްތަކަށްފަހު، ޓްރީ ޓޮޕް ހޮސްޕިޓަލުން އިންތިޒާމުކުރާ 17 ވަނަ ހެލްތު ކޭމްޕެވެ.
ރެޖިސްޓްރޭޝަންއެޕޮއިންޓްމަންޓް ހެއްދުމުގެ އެންމެ ފަހު ތާރީހަކީ މިމަހު 9 އެވެ. ރެޖިސްޓްރީވުމަށް 6540061 ގުޅުމަށް ހޮސްޕިޓަލުން ވަނީ އެދިފައެވެ.
އާއިޝަތު މާހާ
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް