އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، މާދަމާ ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުނެފިިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ހަރަދެއް ހަމަޖައްސައިދޭނީ ސައުދީ ސަރުކާރުން ކަމަށެވެ.

މި ދަތުރުފުޅާ ގުޅޭ ހުރިހާ ކަމެއްވަނީ މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ހަމަޖައްސައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.