މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ބީއެމްއެލްގެ އޭޓީއެމް ނެޓްވޯކްގައި ހިމެނޭ އޭޓީއެމް އަދަދު އޭގެ ކުރީ 24 އަހަރަށްވުރެ ދެ ގުނަ އިތުރުވެފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް އެހެން ވިދާޅުވެފައިވަނީ ބީއެމްއެލުން ސިންކްރޮނައިޒްކޮށް އެއްފަހަރާ، 90 ކޭޝްރީސައިކްލާ އޭޓީއެމް ހުޅުވުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުންނެވެ.

"މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި، 187 ރަށެއްގައި 340 އޭޓީއެމް އެބަހުރި. 2025 އިން ފެށިގެން މިއަދު މި ހުޅުވޭ އޭޓީއެމްތަކުގެ ޖުމުލަ އަދަދު އޭގެ ކުރީގައި ހުރި އަދަދަށްވުރެ ދެ ގުނަ އިތުރު،" އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ސެލްފްސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތަކީ ހުރިހާ ރަށެއްގެ ރައްޔިތުން ވެސް އަބަދުވެސް ބޭނުންވާ ހިދުމަތެއް ކަމަށާއި މާލެއާއި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމުކޮށްފައިވާ އެ ސެލްފްސާވިސް ބޭންކިން އޭޓީއެމް ހިދުމަތް ބަލައިގެންފައިވާ މިންވަރު ހާމަކޮށްދެނީ އެ ހިދުމަތް ބޭނުންކުރަމުންދާ މިންވަރުން ކަމަށެވެ.

މިދިޔަ އަހަރުގެ ތަފާސް ހިސާބު ހާމަކުރައްވަމުން ޝަރީފް ވިދާޅުވީ މުޅި އޭޓީއެމް ނެޓްވޯކް މެދުވެރިކޮށް މިދިޔަ އަހަރު ވަނީ 17.1 ބިލިއަން ރުފިޔާ ޖަމާކޮށް، 8.4 މިލިއަން ރުފިޔާ މުއާމަލާތްކޮށްފައި ލަ،ަށެވެ.

މިދިޔަ އަހަރު ބީއެމްއެލުން 105 ރަށުގައި އަލަށް ބެހެއްޓި އޭޓީއެމްތަކުން މިދިޔަ އަހަރު 356 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ.