އެެމެރިކާއިން ހަނގުރާމަ ދޫކޮށްލާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރައްވައިފިއެވެ.

އެެމެރިކާއާއި އިޒްރޭލު އިސްވެ އިރާނަށް މިދިޔަ ފެބްރުއަރީ މަހުގެ ފަހު ދުވަހު ދިން ހަމަލާއަށްފަހު މެދުއިރުމަތީގައި ހަނގުރާމަ ފަށައި އެސަރަހައްދުގެ ހުރިހާ ގައުމަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުންނެވެ.

ހަނގުރާމަ ފެށުމާއެކު ދުނިޔޭގެ ތެލުގެ ބާޒާރަށް އެކަމުގެ އެނގުން ވެލައި ތެޔޮ ލިބުން ދަތިވެފައިވާއިރު އެމެރިކާއިން ވަނީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ އެހީއަށްވެސް އެދިފައެވެ.

ދުނިޔޭގެ ތެޔޮ ސަޕްލައިކުރާ އެންމެ މުހިންމު އެއް ރޫޓު ކަމަށްވާ ހޮރުމޯޒް ކަނޑު އޮޅި ބަންދު ކޮށްފައިވާއިރު އެކަމުގެ ހުރިހާ ޕްރެޝަރެއް އެމެރިކާއަށް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަނގުރާމައަށް މަހެއް ވެފައިވާއިރު ޓްރަމްޕް އިއްޔެ ވަނީ އެގައުމުން އިރާނާ އެއްކޮށް ކުރަމުން އަންނަ ހަނގުރާމަ ކުރިޔަށް އޮތް ދެތިން ހަފުތާ ތެރޭ ހުއްޓާލައި އެސަރަހައްދުން ފައިބާނެ ކަމަށް ވިދާޅުވެފައެވެ.

ޓްރަޕްމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަނީ އެމެރިކާއިން އެސަރަހައްދު ދޫކުރުމާއެކު ތެޔޮ ބޯޓުތައް ތާށިވެފައިވާ ގައުމުތަކުން އެޒިންމާ ނަގައި ތެޔޮ ބޯޓުތައް ހޮރުމޯޒް ކަނޑުއޮޅިން ނެރުމަށް އަމިއްލަ އަށް މަސައްކަތް ކުރުމަށް ގޮވާލައްވައިފައެވެ.

އެބައްދަލުވުމުގައި ޓްރަމްޕް ވަނީ އޭނާ އެންމެ ބޭނުންވި ކަންތައް ކަމަށްވާ އިރާން ނިއުކްލިއާ ފްރީ ގައުމަކަށް ވުން ކާމިޔާބު ކަމާއެކު ހާސިލް ވެފައިވާ ކަމަށް ވިދާޅުވެފައެވެ.