އެމްބިއުލާންސްގެ ހިދުމަތްތަކަށް އާސަންދަ ލިބޭނެ ހާލަތްތައް ބަޔާންކޮށް "ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު" އިސްލާހުކޮށްފިއެވެ.
އެ ގަވާއިދު އިސްލާހުކޮށް ގެޒެޓުކޮށްފައިވަނީ މިއަދެވެ.
އެމްބިއުލާންސުގެ ހިދުމަތްތަކައް އާސަންދަ ލިބޭނެ ހާލަތްތައް:
- އިމަޖެންސީގައި ނުވަތަ ކުއްލި ހާލަތްތަކުގައި ގެންނަ ފަރާތްތައް
- މައްޔިތުން އެންބިއުލާންސްގައި އުފުލުން
- އެނދުމަތިކުރެވިފައިވާ (ބެޑްރިޑަން) ފަރާތްތައް އައުޓް ޕޭޝަންޓް ހިދުމަތް ހޯދުމަށް ގެނައުން
- ވީލް ޗެއާގައި ގެންގުޅެންޖެހޭ ފަރާތްތައް (ވީލްޗެއާ ބައުންޑް) އައުޓް ޕޭޝަންޓް ހިދުމަތް ހޯދުމަށް ގެންނަ ހާލަތްތަކުގައްޔާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް (ފިޒިކަލް ޑިސްއެބިލިޓީ، މެންޓަލް ޑިސްއެބިލިޓީ، އޯޓިޒަމް، ޑައުންސިންޑްރޯމް ހުންނަ ފަރާތްތައްވެސް ހިމެނޭހެން) އައުޓް ޕޭޝަންޓް ހިދުމަތް ހޯދުމަށް ގެނައުން
- ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައި އެނދުމަތިކުރެވިފައިވާ ފަރާތެއް އިތުރު ފަރުވާއަކަށް ނުވަތަ ތަހުލީލަކަށް، ސިއްހީ ހިދުމަތްދޭ އެހެން މަރުކަޒަކަށް ގެންދިއުން
- އެނދުމަތިކޮށްފައިވާ ބަލިމީހާ، އާސަންދަ ސްކީމް މެދުވެރިކޮށް އިވެކުއޭޓްކުރެވޭ ހާލަތްތަކުގައި ނުވަތަ ރާއްޖެއިން ބޭރަށް އިތުރުފަރުވާއަށް ރިފާކުރެވޭ ހާލަތްތަކުގައި، ބަލިމީހާ ޖެޓީއަށް ނުވަތަ އެއާޕޯޓަށް ގެންދިއުން
- ތެލަސީމިއާ ބަލި ތަހައްމަލުކުރާ ފަރާތްތައް އައުޓް ޕޭޝަންޓް ހިދުމަތް ހޯދުމަށް ގެނައުން
މި އިސްލާހަށް އަމަލުކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ.
މުހައްމަދު އިޝާން
އާސަންދަ
އާސަންދަ
އާސަންދަ