ދިރާގުގެ ޕާޓްނާ ފިހާރައެއް ވިލިމާލޭގައި ހުޅުވައިފިއެވެ.
ދިރާގުން ބުނީ އެ ފިހާރައިގެ ސަބަބުން ވިލިމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިރާގު ކަސްޓަމަރުންނަށް ދިރާގުގެ ހިދުމަތްތައް ހޯދުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އެގޮތުން، ވިލިމާލޭގެ މުހްޔިއްދީން ސްކޫލު ކުރިމަތީގައި ހުންނަ ނެކްސް ޕްރައިވެޓް ލިމިޓެޑް ފިހާރައިން މިހާރު ދިރާގުގެ ހިދުމަތްތައް ލިބިގެންދާނެ ކަމަށާއި އެއާއެކު އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން މާލެ ދަތުރުކުރަން ނުޖެހި، ބޭނުންވާ ދިރާގުގެ ހިދުމަތްތައް އެއް ތަނަކުން ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
އެ ޕާޓްނާ ފިހާރަ މެދުވެރިކޮށް ލިބޭ ހިދުމަތްތަކަކީ:
- ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ހިދުމަތްތަކަށް ފައިސާ ދެއްކުން
- ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ބްލޭންކް ސިމް ކާޑުގެ ހިދުމަތް ނެގުން
- ޕްރީޕެއިޑް ރީޗާޖުކުރުން
- ޑޭޓާ އެޑް-އޮން ސަބްސްކްރިޕްޝަންތައް ނެގުން
އެ ފިހާރަ ހުޅުވުމުގެ މުނާސަބަތުގައި ދިރާގުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް އިއުލާނުކޮށްފައެވެ. އެ ޕްރޮމޯޝަންގެ ދަށުން، އެ ފިހާރަ މެދުވެރިކޮށް ދިރާގުގެ ލިމިޓެއްނެތް ފައިބާ 20އެމް އަދި މަތީގެ ޕެކޭޖުތައް ހިޔާރުކުރާ ކަސްޓަމަރުންނަށް ރައުޓާ އަދި ހިދުމަތުގެ ސެޓަޕް މުޅިން ހިލޭ ލިބިގެންދާނެއެވެ. އެ ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 9 ގެ ނިޔަލަށެވެ.
ދިރާގުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި، އެކި މުޖުތަމައުތަކަށް ހާއްސަކޮށްގެން އަވަހަށް އަދި ފަސޭހަކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްތައް ކުރަމުންނެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު