ރައްކާތެރިކަމާއެކު ސިޓީތަކާއި ރަށްރަށުގައި ކުނި މެނޭޖު ކުރުމުގެ މަސައްކަތްކުރަނީ ސަރުކާރުން ވަރަށް ބޮޑު ސަބްސިޑީއެއް ދީގެން ކަަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މިނިސްޓަރު ތޯރިގު ވިދާޅުވީ، މި ވޭތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި އެއްކަމަަކަށް އެންމެ ގިނަ ޝަކުވާއެއްގެ ގޮތުގައި ރަށްރަށުން ކުރި ޝަކުވާއަކީ ވެސް އެކަށީގެންވާ ރައްކާތެރިކަމާއެކު ކުނި މެނޭޖު ނުކުރެވޭކަމުގެ ޝަކުވާ ކަމަށެވެ.
އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަރަށް މުހިއްމުކަމެއް ދެއްވައިގެން ވަަރަށް ގާތުން ބައްލަވައިގެން އެ ކަންތައްތައް ރަށްރަށަށް ކޮށްދެއްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވުދާޅުވީ، ރައްކާތެރިކަމާއެކު ކުނި މެނޭޖުކުރުމަކީ ކަމާބެހޭ ސެންޓަރެއް ގާއިމުކޮށްގެން ނުވަތަ، ކުނި ލޮރީއެއް ރަށަށް ގެންގޮސްގެން އެކަނި ކުރެވޭކަމެއް ނޫން ކަމަށެވެ. އެކަމަށްޓަކައި ވަކި ފެންވަރެއްގެ ސެންތަރުތައް ގާއިމުކުރުމުގެ އިތުރުން، އެކި ދާއިރާތަކުން އެކަމަށް މީހުން ތަމްރީނު ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން އެ ރަށެއްގެ އިސްރަށްވެހިންނާއި ޒުވާނުންނާއި ސްކޫލު ދަރިވަރުން ހިމެނޭހެން އެ ރަށެއްގެ މުޅި މުޖުތަމައު، އެކަމަށް ހޭލުންތެރި ކުރުވަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ކަންތައްތައް ސަރުކާރުން ކުރަމުންގެންދާ ކަަމަށެވެ. ނަމަވެސް އެންމެ ފުރިހަމަގޮތުގައި އެ ހިދުމަތްދޭން އެންމެ ބޮޑު މައްސަަލަައަށް ވެފައިވަނީ، ހިދުމަތް ފޯރުކޮށްދީގެން ލިބޭ އާމްދަނީ އާއި ހަރަދު ދެކޮޅުން ނުޖެހުން ކަަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ރަށްރަށުގައި ރައްކާތެރިކަމާއެކު ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ސަރުކާރުން ވަރަށް ބޮޑު ސަބްސިޑީއެއް ދީގެން ކަަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް