ކުނި މެނޭޖު ކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން އަލަށް ޑިޒައިންކޮށްގެން ރާއްޖޭން ބޭރުގައި ބަންނަ ލޭންޑިން ކްރާފްޓްތައް ވަރަށް އަވަހަށް ރާއްޖެ ގެނެވޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މިނިސްޓަރު ތޯރިގު ވިދާޅުވީ، މާލޭ ސަރަހައްދަކީ ވަރަށް ގިނަ ކުނި އުފެދޭ ސަރަހައްދެއް ކަމަށެވެ.
"އެހެންކަމުން މާލޭ ރީޖަންގައި ކަނޑު މަގުން ކުނި އުފުލުމަށް އެކަމަށް ހާއްސަކޮށްގެން ޑިޒައިންކޮށްފައިވާ އާ ލޭންޑިން ކްރާފްޓްތައް ބަނދެ ރާއްޖެ ގެނައުމުގެ މަސައްކަތް މިދަނީ ކުރަމުން،"
އެއީ މާލެ ސަރަހައްދުންނާއި އެކި ރަށްރަށުން ތިލަފުއްްޓަށް ކުނި ގެންދިއުމަށް ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެތަކެތި މިހާރު އޮތީ ޓެސްޓިން ޕްރޮސެސްގައި ކަމަށެވެ.
މިހާރު ބޭނުންކުރާ ލޭންޑިން ކްރާފްތަކާ ހިލާފަށް، އަލަށް ޑިޒައިންކޮށް ބަންން ލޭންޑިން ކްރާފްޓްތަކުގައި ފަސޭހައިން ކުނި އަރުވައި ބޭލޭނެ މެކެނިޒަކެއް ގާއިމުކޮށް، ކުނި ކޮމްޓެއިނަރުތަކުގެ މަތި ނުނެގޭގޮތަށް ކުނި ހާމަނުކޮށް ގެންދެވޭނެ އިންތިޒާމު ހަމަޖެިފައި ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާރަށްވުރެ ގިނަ ކޮންޓެއިނަރުރައް އަލަށް ބަންނަ އެއްޗެހީގައި ގެންދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ރިސޯޓު I ތަކުން އުކާލާ ބަދިގެޑަސްބިން ކައިރީ އޮންނަ އެހެން ރައް ރަށަށް ލައްވާ ކަން ތިޔަ އެންވާރު މެންޓް މިނިސްޓަރައް އެގިވަޑައި ނު ގަންނަވަނީތޯ ނިކަން އަސްސަވާދެއްވާ. ޢިހުލާސް Teri ކަމެއް ހުރިނަމަ
ނުކިޔަވާ ހުރިސޮރު - 3 މަސް ކުރިން