ހާއްސަ ހާލަތްތަކެއްގައި އާސަންދަ ސްކީމުން އެމްބިއުލާންސް ހަމަޖެހޭނެ ގޮތް ހެދުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އާސަންދަ ސްކީމްގެ ތެރެއިން އެމްބިއުލާންސް ހިދުމަތް ފޯރުކޮށްދިނުމުގައި މުހިންމު ކަންތައްތަކެއް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ހިދުމަތް ހަމަޖެހޭނެ ހާލަތްތަކެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އެ ހާލަތްތަކަކީ:
- އިމަޖެންސީގައި ނުވަތަ ކުއްލި ހާލަތުގައި ގެނެވޭ ފަރާތްތައް
- މައްޔިތުން އެމްބިއުލާންސްގައި އުފުލުމަށް
- އެނދުމަތިކޮށްފައިވާ ފަރާތްތައް އައުޓްޕޭޝަންޓް ހިދުމަތް ނެގުމަށް
- ވީލްޗެއާގައި ގެންގުޅޭ ފަރާތްތައް އައުޓްޕޭޝަންޓް ހިދުމަތް ނެގުމަށް
- ނުކުޅެދުންތެރިކަން ހުންނަ ފާރާތްތައް އައުޓްޕޭޝަންޓް ހިދުމަތް ނެގުމަށް
- ސިއްހީ މަރުކަޒެެއްގައި އެޑްމިޓްކޮށްފައިވާ ފަރާތެއް އެހެން މަރުކަޒަކަށް ގެންދަން ޖެހޭ ހާލަތެއްގައި
- އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ގެންދިއުމަށް އެއާޕޯޓަށް ނުވަތަ ޖެޓީއަށް ގެންދަން
- ތެލެސީމިއާ ހުންނަ ފަރާތްތައް އައުޓްޕޭޝަންޓް ހިދުމަތް ނެގުމަށް
ރައީސް ވިދާޅުވީ މިކަމަކީ ވަރަށް ގިނަ ދުވަހު މަޝްވަރާ ކުރުމަށްފަހު އެކަމާ ބެހޭ ގޮތުން ޓެކްނިކަލް ލެވެލްގައި އަދި އޭގެ ހިސާބުތަކާއި އޮޕަރޭޝަނަލް ލެވެލްގައި ވެސް ބެލުމަށް ފަހު ނިންމި ނިންމުމެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު