ސިނަމާލެ ބުރިޖު ދަށުގައި ބިދޭސީންތަކެއް ދިރިއުޅެމުންދާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ބުރިޖު ދަށުގައި ބަޔަކު ދިރިއުޅެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ފޮޓޯތަކާއި ވީޑިއޯ ދައުރުވާން ފެށުމުންނެވެ. މިކަމާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ބަލައި ފާސްކޮށްފައެވެ.

ފުލުހުން މިއަދު ބުނީ، އެ ސަރަހައްދު ބެލި ބެލުމުން ބައެއް ފަރާތްތަކުން އެތަން ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބެލެވޭ ގޮތުގައި އެތަނުގައި އުޅެނީ ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.

އެކަން ހުއްޓުވުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.