ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
ހޯމްލޭންޑް މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވީ އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމު މިހާރު އަދާކުރައްވަމުން ގެންދަވާ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފު ކަމަށެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުވަނީ ރިޓަޔާކުރައްވައިފައެވެ. އެއާއެކު ފުލުހުންގެ އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ފަރުހާދުވަނީ އައްޔަންކުރައްވައިފައެވެ.
ހޯމްލޭންޑް މިނިސްޓްރީން ވަނީ މިމަހުގެ ފަސްވަނަ ދުވަހު ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ. އެ މުއްދަތު މިދިޔަ ހޯމަ ދުވަހު ހަމަވިއިރު، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައިނުވެއެވެ. އެހެންވެ ހޯމްލޭންޑް މިނިސްޓްރީންވަނީ މިއަދުގެ ނިޔަލަށް އިއުލާނުގެ މުއްދަތު އިތުރުކޮށްފައެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް