ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުން ފަށައިފިއެވެ
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިއްޔެ ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމުގެ މަސައްކަތް އިއްޔެ ފަށައިފައިވާ ކަމަށެވެ.
ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ޖުމްލަ 1408 ޕްލޮޓުގެ ތެރެއިން، ސްޓޭޖް އެކެއްގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގެ 709 ޕްލޮޓް މީގެ ކުރިން ވަނީ ހަވާލުކޮށްފައެވެ.
އިއްޔެ ފަށާފައިވަނި ސްޓޭޖް ދޭއްގެ ދަށުން، ހުޅުމާލެ ފޭސް ތިނަކުން ދޫކޮށްފައިވާ 699 ޕްލޮޓް ހަވާލުކުރުމުގެ މަސައްކަތެވެ. އެގޮތުން، އިއްޔެހަވީރު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ހުޅުމާލޭ ފޭސް ތިނަކުން ޕްލޮޓް ލިބިފައިވާ 11 ފަރާތަކަށް ބިން ހަވާލުކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.އެ
އެޗްޑީސީގެ އަމާޒަކީ، ކޮންމެ ދުވަހަކު ޕްލޮޓްތައް ހަވާލުކުރަމުންގޮސް، ސްޓޭޖް ދޭއްގެ ދަށުން ހުރިހާ ބިމެއް ވީހާވެސް އަވަހަކަށް ހަވާލުކޮށް ނިންމުން ކަމަށް އެކުންފުނިން ބުނެއެވެ.
ފާތިމަތު ލިއުޝާ
ބިންވެރިޔާ ސްކީމް
ބިންވެރިޔާ ސްކީމް
ބިންވެރިޔާ ސްކީމް
ބިންވެރިޔާ ސްކީމް