ދިރާގުން ފިތުރު އީދަށް ހާއްސަކޮށްގެން ތައާރަފުކުރި ޕްރޮމޯޝަން މެދުވެރިކޮށް ކަސްޓަމަރުންގެ ހާއްސަ ފަރާތްތަކަށް އީދު ހަދިޔާގެ ގޮތުގައި ހިލޭ ޑޭޓާ ފޮނުވައިގެން އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު އަދިވެސް ހުޅުވިފައިވާކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގުން މިއަދު ބުނީ އެ ޕްރޮމޯޝަނަކީ ދިރާގުގެ ކަސްޓަމަރުންނަށް މި ރޯދަމަހު ކުރިއަށްގެންދިޔަ މަގުބޫލު "ކާށި ބިނުން" ޕްރޮމޯޝަނަށް ލިބުނު ތަރުހީބަށް ފަހު، އެ ޕްރޮމޯޝަންގެ އިތުރު ބައެއްގެ ގޮތުގައި ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނެއް ކަމަށެވެ.
އެގޮތުން، ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ އާއިލާ ނުވަތަ ރައްޓެހިންގެ ތެރެއިން ފަސް މީހަކަށް ހިލޭ ޑޭޓާ ހަދިޔާކުރުމަށްފަހު ކާށި ބިނދެގެން އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު ވަނީ ހުޅުވިފައި ކަމަށާއި، މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދިރާގުއެޕް މެދުވެރިކޮށް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށް ދިރާގުން ބުންޏެވެ.
ހަދިޔާ ފޮނުވައިގެން ބިންނަ ކޮންމެ ކާށްޓަކަށް، ހަދިޔާ ފޮނުވާ ކަސްޓަމަރަށާއި، ހަދިޔާ ލިބޭ ކަސްޓަމަރަށްވެސް ފަސް ރަން ޓިކެޓު ލިބިގެންދާނެކަމަށް ދިރާގުން ބުންޏެވެ. އެ ރަން ޓިކެޓުތަކުގެ އެހީގައި އަގުހުރި އިނާމުތައް ހޯދުމުގެ ގުރުއަތުގައި ބައިވެރިވެ، އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު އިތުރުކުރެވޭނެ ކަމަށާއި، ފަސް ކާށި ބިދެގެން ރަން ކާށްޓެއް ބިނދެ، 50 ޓިކެޓް ހާސިލުކުރެވޭނެކަމަށް ދިރާގުން ބުންޏެވެ.
ޕްރޮމޯޝަންގެ ދަށުން ކަނޑައަޅައިފައިވާ ހާއްސަ އިނާމުތަކަކީ:
- އެޕަލް މެކްބުކް
- ނިއޯނެސްޕްރެސޯ ސިޓިޒް ކޮފީ މެޝިނެއް، ކޮފީ ޕޮޑްސްއާއެކު
- ސޮނީ ޒީވީ-އީ10 ޑީއެސްއެލްއާރް ކެމެރާ
- އެމެޒޯން އެލެކްސާ އެކޯ ޑޮޓް (ފިފްތު ޖެން)
- އެޕަލް އެއާޕޮޑް މެކްސް
- ޓީޓީ ރޭސިންގް އެއާ ފްލެކްސް ގޮނޑި
- ޓީޓީ ރޭސިންގް ސްމާޓް ޑެސްކް
ޕްރޮމޯޝަންގެ ދަށުން ހަދިޔާއެއްގެ ގޮތުގައި ހިލޭ ޑޭޓާ ލިބޭ ޕްރިޕެއިޑް ކަސްޓަމަރުންނަށް އެއް އަހަރު ދުވަހުގެ މުއްދަތަށް، ކޮންމެ މަހަކަށް 1ޖީބީ ޑޭޓާ މުޅިން ހިލޭ ލިބި، ކޮންމެ މަހަކު ލިބޭ ޑޭޓާ ފަސް ދުވަހުގެ މުއްދަތައް ބޭނުންކުރެވޭނެކަމަށް ދިރާގުން ބުންޏެވެ.
އަދި، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހަދިޔާއެއްގެ ގޮތުގައި ބޯނަސް ޑޭޓާ ލިބިގެންދާނެ ކަމަށާއި އެ ޑޭޓާ 24 ގަޑިއިރަށް ބޭނުންކުރެވޭނެކަމަށް ދިރާގުން ބުންޏެވެ.
މުހައްމަދު އިޝާން
ދިރާގު
ދިރާގު
ދިރާގު
ދިރާގު