ކާނާ ވިހަވުމުގެ ސަބަބުން ގއ. ދާންދޫން މީހަކު މަރުވެއްޖެއެވެ.

ދާންދޫ ކައުންސިލްގެ ރައީސް އަހުމަދު އާސިފް ފޭސްބުކުގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ރަށު އަންހެނަކު ކާނާ ވިހަވުމުގެ ސަބަބުން ހެލްތު ސެންޓަރުގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާ ކަމަށެވެ.

އެ އަންހެން މީހާ ހެލްތު ސެންޓަރަށް ގެންގޮސްފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށް އާސިފް ވިދާޅުވިއެވެ.

މަރުވެފައިވަނީ 41 އަހަރުގެ އަންހެނެކެވެ.