ޓެކްނިކަލް މައްސަލައަކާ ގުޅިގެން ދިރާގު އެޕްގެ އޯޓީޕީ ކޯޑު ހިމެނޭ މެސެޖުތަކެއް އޮޅިގެން ކަސްޓަމަރުންނަށް ފޮނުވެމުންދާ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގު އެޕްގެ އޯޓީޕީ ކޯޑު ހިމެނޭ އެސްއެމްއެސް ލިބެމުންދާތީ ބައެއް ފަރާތްތަކުން ވަނީ އެކަން ސޯޝަލް މީޑިއާގައި ޕޯސްޓުކޮށް، ދިރާގުގެ ސަމާލުކަމަށް ގެނެސްފައެވެ.

ދިރާގުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މައްސަލަ ހައްލުކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެކަމާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ދިރާގުން ބުންޏެވެ.