ސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްްގައި ބުނީ، ރައީސް އަރިހުގައި ސަލްޓަން ޕާކަށް އަނބިކަނބަލުން، އަދި ފަސްޓް ލޭޑީ، ސާޖިދާ މުހައްމަދާއި، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހީލްމީ އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ވަޑައިގެންނެވި ކަމަށެވެ.
ސަލްޓަން ޕާކު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެމްއެންޑީއެފާއި އާރްޑީސީއާ ހަވާލުކޮށްގެންނެވެ.
ސަލްޓަން ޕާކު މަރާމާތަށް ބަންދުކުރުމަށްފަހު އެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރު އޮގަސްޓް މަހުއެވެ.
ރައީސު ވަނީ، ސަލްޓަންޕާކް ތަރައްގީކުރާނީ ދިވެހިންގެ އައިޑެންޓިޓީއާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒުވާނުންނާއި ކުޑަކުދިންނަށް ޝައުގުވެރިކަމާއެކު އެކިކަންކަން ދަސްވާނެ ފަދަ ގޮތަށްކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
އަލީ ޔާމިން
ސަލްޓަން ޕާކު
ސަލްޓަން ޕާކު
ސަލްޓަން ޕާކު