ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބި، ބޮލަކަށް 6،000 ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނީ މިއީ މިހާތަނަށް ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވާ އަހަރު ކަމަށެވެ. މީގެ ތެރެއިން ފަގީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅައިފައިވަނީ ޖުމުލަ 13،896،000 ދިވެހި ރުފިޔާ ކަމަށެވެ. އަދި މިއީ ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް އެންމެ ގިނައިން ފައިސާ ބެހި އަހަރެވެ.
މިނިސްޓްރީން ބުނިގޮތުގައި ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައި، ޒަކާތް ހައްގުވާ ކެޓަގަރީތަކުގެ ދަށުން ހިމެނުނު 62 ފަގީރު ޔަތީމު ކުދިން ވެސް ހިމެނެއެވެ.
އަދި މިހާރު ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް ޒަކާތް ބަހައި ނިންމާފައިވާ ކަމަށެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު