ދިރާގު ފިންޓެކް އިން ފިތުރު އީދުގެ މުނާސަބަތުގައި އީދު ހަދިޔާއެއްގެ ގޮތުގައި ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ސީގަލް ކެފޭއިން އައިސް ކްރީމް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފިއެވެ.

ދިރާގުން ބުނީ މާދަމާ ހަވީރު 04:00 އިން ރޭގަނޑު 10:00އާ ހަމައަށް ސީގަލް ކެފޭއަށް އާއިލާއާއި ރަހުމަތްތެރިންނާއެކު ޒިޔާރަތްކޮށް، މީރު އައިސްކްރީމާއެކު އުފާވެރި ވަގުތެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ދިރާގުން ބުނީ މާދަމާ ސީގަލް ކެފޭއިން ލިބެން ހުންނަ ތަފާތު ގިނަ ރަހަތަކުގެ އައިސްކްރީމްތަކުގެ ތެރެއިން ބޭނުންވާ ބާވަތެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ލިބި، ދިރާގުޕޭ މެދުވެރިކޮށް އެންމެ ރުފިޔާއަކަށް އައިސްކްރީމް ލިބިގެންދާނެ ކަމަށެވެ. މި ގޮތުން، ދިރާގުޕޭ އެޕް ޑައުންލޯޑްކުރުމަށް ފަހު ރަޖިސްޓަރީކޮށްގެން ޒިޔާރަތްކުރާ ކޮންމެ ފަރާތަކަށް ވެސް މި ދުވަހު އައިސްކްރީމް ލިބިގެންދާނެއެވެ.

ދިރާގުޕޭއިން ވަނީ މިދިޔަ އަހަރު ވެސް މި ފަދަ ކާމިޔާބު ޕްރޮމޯޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ގޮތުން ދިރާގުޕޭގެ ޕާޓްނަރު އައުޓްލެޓްތަކާ ގުޅިގެން، ކޮފީ، ޝަވަރުމާ އަދި ވޮފްލް ފަދަ ތަފާތު ކާބޯތަކެތި އެންމެ ރުފިޔާއަކަށް ވަނީ ފޯރުކޮށްދީފައެވެ.

ދިރާގު ފިންޓެކްގެ އަމާޒަކީ، މި ޕްރޮމޯޝަންގެ ޒަރިއްޔާއިން އާއިލާއާއި ރަހުމަތެރިންނާއެކު އީދު ފާހަގަކޮށް، އެކަކު އަނެކަކާ ގުޅުން ބަދަހިކޮށް، އީދު އިތުރަށް ހާއްސަކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.