ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް ތައާރަފްކޮށްފިއެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން، ދިރާގު ކަސްޓަމަރުންގެ ހާއްސަ ފަރާތްތަކަށް އީދު ހަދިޔާގެ ގޮތުގައި ހިލޭ ޑޭޓާ ފޮނުވައިގެން އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މި ޕްރޮމޯޝަނަކީ ދިރާގުގެ ކަސްޓަމަރުންނަށް މި ރޯދަ މަހު ކުރިއަށް ގެންދިޔަ މަގުބޫލު "ކާށި ބިނުން" ޕްރޮމޯޝަނަށް ލިބުނު ތަރުހީބަށް ފަހު، އެ ޕްރޮމޯޝަންގެ އިތުރު ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަނެއް ކަމަށެވެ.
އެގޮތުން، އީދު ދުވަހުން ފެށިގެން ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ އާއިލާ ނުވަތަ ރައްޓެހިންގެ ތެރެއިން 5 މީހަކަށް އީދު ހަދިޔާގެ ގޮތުގައި ހިލޭ ޑޭޓާ ފޮނުވައިގެން ކާށި ބިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މި ހަދިޔާތައް ދިރާގުއެޕް މެދުވެރިކޮށް 20 އިން 26 މާރިޗުގެ ނިޔަލަށް މުޅިން ހިލޭ ފޮނުވޭނެއެވެ.
މި ގޮތުން:
- ޕްރިޕެއިޑް ކަސްޓަމަރުންނަށް ހަދިޔާއެއްގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުއްދަތައް، ކޮންމެ މަހަކަށް 1ޖީބީ ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެ
- ކޮންމެ މަހަކު ލިބޭ ޑޭޓާ 5 ދުވަހުގެ މުއްދަތައް ބޭނުންކުރެވޭނެ.
- ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހަދިޔާއެއްގެ ގޮތުގައި ބޯނަސް ޑޭޓާ ލިބިގެންދާނެ
- މި ޑޭޓާ 24 ގަޑިއިރަށް ބޭނުންކުރެވޭނެ
ދިރާގުން ބުނީ އީދު ހަދިޔާ ފޮނުވުމުގެ އިތުރުން، މި ޕްރޮމޯޝަން މެދުވެރިކޮށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވެސް ދިރާގުން ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން، ހަދިޔާ ފޮނުވައިގެން ބިންނަ ކޮންމެ ކާށްޓަކަށް، ހަދިޔާ ފޮނުވާ ކަސްޓަމަރަށާއި ހަދިޔާ ލިބޭ ކަސްޓަމަރަށް ވެސް 5 ރަން ޓިކެޓު ލިބިގެންދާނެއެވެ. މި ރަން ޓިކެޓުތަކުގެ އެހީގައި އަގުހުރި އިނާމުތައް ހޯދުމުގެ ގުރުއަތުގައި ބައިވެރިވެ، އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު އިތުރުކުރެވޭނެއެވެ. އަދި، 5 ކާށި ބިނދެގެން ރަން ކާށްޓެއް ބިނދެ، 50 ޓިކެޓް ހާސިލުކުރެވޭނެއެވެ.
މި ޕްރޮމޯޝަންގެ ދަށުން ކަނޑައަޅައިފައިވާ ހާއްސަ އިނާމުތަކަކީ:
- އެޕަލް މެކްބުކް ނިއޯ
- ނެސްޕްރެސޯ ސިޓިޒް ކޮފީ މެޝިނެއް، ކޮފީ ޕޮޑްސްއާއެކު
- ސޮނީ ޒީވީ-އީ10 ޑީއެސްއެލްއާރް ކެމެރާ
- އެމެޒޯން އެލެކްސާ އެކޯ ޑޮޓް (ފިފްތު ޖެން)
- އެޕަލް އެއާޕޮޑް މެކްސް
- ޓީޓީ ރޭސިންގް އެއާ ފްލެކްސް ގޮނޑި
- ޓީޓީ ރޭސިންގް ސްމާޓް ޑެސްކް
އާއިޝަތު މާހާ
ދިރާގު
ދިރާގު
ދިރާގު
ދިރާގު