ނޯތް ކޮރެއާގެ އިންތިހާބު 99.3 ޕަސެންޓް ވޯޓާއެކުމިހާރުގެ ލީޑަރު ކިމް ޖޮންގް އުން ކާމިޔާބު ކުރައްވައިފިއެވެ.

ނޯތް ކޮރެއާގައި ބޭއްވި އެގައުމުގެ އާންމު އިންތިހާބު މިހާރުގެ ލީޑަރު ކިމް ޖޮންގް އުން ކާމިޔާބު ކުރައްވާފައިވާއިރު ކިމް އަށް ވަނީ 99.3 ޕަސެންޓް ވޯޓު ލިބިފައެވެ.

ނޯތް ކޮރެއާގެ ދައުލަތުގެ މީޑިއާ ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ އިން ވަނީ މިހާރުގެ ލީޑަރު އިންތިހާބު ކާމިޔާބު ކޮށްފައިވާއިރު އެގައުމުގެ ސުޕްރިމް ޕީޕަލްސް އެސެމްބްލީގެ 687 ޑެޕިއުޓީންގެ މަގާމަށް ހޮވިފައިވަނީ ކިމްގެ ޕާޓީ ވޯކާސް ޕާޓީއިން ކުރިމަތިލި ކެނޑިޑޭޓުން ކަމަށް ރިޕޯޓުކޮށްފައެވެ.

އިންތިހާބުގައި އެގައުމުގެ ވޯޓުލެވޭ 99.9 ޕަސެންޓް މީހުން ވޯޓުލާފައިވާކަމަށް ވެސް ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ ރިޕޯޓުކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން އެގައުމުގެ އިންތިހާބުން ހާމަވަނީ އެގައުމުގައި މިހާރު އޮންނަ ސިސްޓަމަށް ގައުމުގެ ރައްޔިތުން ގަބޫލު ކަން ކަމަށެވެ.

ނޯތް ކޮރެއާގެ ގާނޫނުގައި އޮންނަ ގޮތުން އެގައުމުގައި ކޮންމެ ފަސް އަަހަރަކުން އިންތިހާބު ބާއްވަން ޖެހޭނެއެވެ.