ރާއްޖެއަށް ހުކުރު ދުވަހަކީ އީދު ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.
ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމާ ބެހޭ ބަޔާނުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29، މީލާދީ ސަނަތުން 2026 ވަނަ އަހަރުގެ މާޗް މަހުގެ 18 ވީ ބުދަ ދުވަހުގެ އިރުއޮއްސުމުގެ ފަހުން ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވެފައި ނުވާ ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެންމަތީގައި ނުހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވާތީ އާއި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނުނު ކަމުގެ މައުލޫމާތު ރަސްމީގޮތުން ލިބިފައިނުވާތީ، މާދަމާއަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމުގައްޔާއި، މާޗު މަހުގެ 20 ވާ ހުކުރު ދުވަހަކީ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅާ ކަމަށް ބަޔާނުގައި ވިދާޅުވިއެވެ.
ރާއްޖޭގެ އިތުރުން ސައުދީ އަރަބިއްޔާއަށް ވެސް އީދު ދުވަހުގެ ފުރަތަމަ ދުވަހަކީ ހުކުރު ދުވަސް ކަމަށް ވަނީ ކަނޑައަޅައިފައެވެ.
ފިތުރު އީދު
ފިތުރު އީދު
ފިތުރު އީދު
ފިތުރު އީދު