ތެލުގެ އަގު ބޮޑުވެ، އައިސް އުފެއްދުމަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން އެންސިސް ފިޝަރީޒްއިން މަސްވެރިންނަށް ހިލޭ އައިސް ދޫކުރުން ހުއްޓާލައިފި އެވެ.
އެންސިސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބުނީ ތެލުގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން އެ ކުންފުނިން އައިސް އުފެއްދުމަށާއި ފޯރުކޮށްދިނުމަށް ހިނގާ ހަރަދު ފޫނުބެއްދޭވަރުގެ ބޮޑު ބުރައަކަށް ވެފައިވާ ކަމަށާއި މަސް ޕްރޮސެސްކޮށް އެކްސްޕޯޓްކުރުމުގެ ވިޔަފާރީގައި އެންމެ ބޮޑު ހަރަދެއް ހިނގަނީ ތެލަށް ކަމަށްވާތީ ބޮޑުކަންނެލީގެ މަސްވެރިންނަށް މީގެ ކުރިން ހިލޭ ފޯރުކޮށްދެމުންދިޔަ އައިސް ދޫކުރުން ހުއްޓާލަން މަޖުބޫރުވެފައިވާ ކަމަށެވެ.
އެންސިސްއިން ބުނީ، އެ ފިޔަވަޅަކީ، އައިސް އުފެއްދުމުގެ އޮޕަރޭޝަނަލް ހަރަދުތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ކުންފުނީގެ ދެމިއޮތުމަށްޓަކައި މިވަގުތަށް އަޅާން ޖެހުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
"މި ނިންމުމުގެ ސަބަބުން މަސްވެރިންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މި ކުންފުނިން ނިހާޔަތަށް މައާފަށް އެދެމެވެ،" އެންސިސް އިން ބުންޏެވެ.
އެންސިސްއިން އިތުރަށް ބުނީ ތެލުގެ އަގަށް އަންނަ ބަދަލުތަކަށް ބަލައި، ކުރިއަށް އޮތް ތަނުގައި މި ހިދުމަތް އަލުން ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އަލީ ޔާމިން
މަސްވެރިކަން
މަސްވެރިކަން
މަސްވެރިކަން