އިރާނުގެ ސެކިއުރިޓީ ޗީފް އަވަހާރަކޮށްލައިފިއެވެ.
އިޒްރޭލުން އިއްޔެ އިރާނަށް ދިން ހަމަލާއެއްގައި އިރާނުގެ ސެކިއުރިޓީ ޗީފް އަލީ ލަރިޖާނީ އަވަހާރަ ކޮށްލާފައިވާކަމަށް އިޒްރޭލުން ބުނެފައިވާއިރު އިރާނުން ރޭގެ ވަގުތެއްގައި ވަނީ ލަރިޖާނީ އަވަހާރަ ކޮށްލާފައިވާކަމުގެ ހަބަރު ކަށަވަރުކޮށް ބަޔާނެއް ނެރެފައެވެ.
އިރާނުގެ ސުޕްރީމް ނެޝަނަލް ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ވާގޮތުން ލަރިޖާނީގެ މުޅި ހަޔާތް އިރާނަށާއި އިސްލާމިކް ރެވެލިއުޝަންއަށް ގުރުބާން ކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.
ލަރިޖާނީ އަވަހާރަކޮށްލާފައިވާއިރު އިރާނުގެ ފޮރިން މިނިސްޓަރު، އައްބާސް އަރާޗީ އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި، އިރާނުގެ މުޅި ސިސްޓަމް ބައްޓަން ކޮށްފައިވާގޮތުން އެ ގައުމުގެ އިސް ފަރާތެއް އަވަހަރިނަމަވެސް، އިންތިޒާމު ކުރެވިފައިވާ ގޮތަށް ހުރިހާ ކަމެއް ކުރިޔަށް ދާނެއެވެ. އެއްވެސް ކަމަކަށް ހުއްޓުމެއް ނާންނާނެއެވެ.
އިޒްރޭލާއި އެމެރިކާއިން އިރާނަށް އިސްވެ ހަމަލާދީ އިރާނުގެ ކުރީގެ ސުޕްރިމް ލީޑަރު އަވަހާރަ ކޮށްލާފައިވާއިރު އިރާނުން ވަނީ އެކަމުގެ ބަދަލު ހިފުމުގެ ގިނަ ހަމަލާތަކެއް އިޒްރޭލަށް ފޮނުވައިފައެވެ.
މުހައްމަދު އައުޒަމް
އިރާން
އިރާން
އިރާން
އިރާން