ދިރާގު ޕޭ އެޕް މެދުވެރިކޮށް ރީލޯޑް ކުރާ ކަސްޓަމަރުންނަށް އިތުރު ކްރެޑިޓް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ.
މި ޕްރޮމޯޝަނުގެ ދަށުން ވަކި އަދަދުތަކެއް ރީލޯޑް ކުރުމުން 6 ޕަސެންޓް އިތުރު ކްރެޑިޓް ލިބޭނެއެވެ.
ދިރާގު ޕޭ މެދުވެރިކޮށް ރީލޯޑް ކުރާ ކަސްޓަމަރުންނަށް ބޯނަސް ކްރެޑިޓް ލިބޭނެ ގޮތްތަކަކީ:
- 100 ރުފިޔާގެ ރީލޯޑަކަށް އިތުރު 6 ރުފިޔާ
- 200 ރުފިޔާގެ ރީލޯޑަކަށް އިތުރު 12 ރުފިޔާ
- 500 ރުފިޔާގެ ރީލޯޑަކަށް އިތުރު 30 ރުފިޔާ
މި ހާއްސަ އޮފާ މެދުވެރިކޮށް ހިލޭ ކްރެޑިޓް ހޯދުމަށް، ދިރާގު ޕޭ އެޕްގައިވާ "ފީޗަޑް" ޓެބް މެދުވެރިކޮށް "ދިރާގު ރީލޯޑް" އިހްތިޔާރުކުރުމަށްފަހު ޕްރީޕެއިޑް ފޯނު ނަންބަރު އަދި ރީލޯޑްކުރަން ބޭނުންވާ އަދަދު ޖަހައިގެން ކުރިއަށް ދިއުމުން އިތުރު ކްރެޑިޓް ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ ތިން މަސް ދުވަހުގެ މުއްދަތަށް އަންނަ ޖޫން މަހުގެ 16ގެ ނިޔަލަށެވެ.
ރީލޯޑް ހިދުމަތުގެ އިތުރުން ދިރާގުޕޭ އީ-ވޮލެޓްއިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާ ދެއްކުން ފަދަ ކަސްޓަމަރުންނަށް ބޭނުންތެރި ހިދުމަތްތައް ހިމެނެއެވެ.
މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގު ޕޭގެ ކަސްޓަމަރުންނަށް އިތުރު ފައިދާ ހޯދައިދިނުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް ދިރާގުން ބުނެއެވެ. ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.
އަލީ ޔާމިން
ދިރާގު
ދިރާގު
ދިރާގު
ދިރާގު