މިއަހަރުގެ ރޯދަމަހުގައި އެންމެ މަގުބޫލުކަން ހޯދާފައިވާ އުރީދޫގެ ކަރާފަޅާ ގޭމުގައި 'ކަރާ ކުއެސްޓް' ތައާރަފުކޮށްފި އެވެ.

އުރީދޫން ބުނީ މިއީ ކުޅުންތެރިންނަށް އެމީހުންގެ ޓީމަށް ޕޮއިންޓް ހޯދައި، މޮޅުވުމަށް ވާދަކުރުމަށް ލިބުނު އިތުރު ފުރުސަތެއް ކަމަށެވެ.

އުރީދޫ ކަރާ ކުއެސްޓަކީ ކުޅުންތެރިން ތިބި ސަރަހައްދުގެ މެޕަކުން ކަރާ ފެންނަ ގޮތަށް ފަރުމާކޮށްފައިވާ އިންޓަރެކްޓިވް ގޭމެކެވެ. ކުޅުންތެރިންނަށް އެކި ސަރަހައްދުތަކަށް ދަތުރުކޮށް، ފެންނަ ކަރާތައް ފަޅައިގެން ޓީމަށް ޕޮއިންޓް ހޯދޭނެއެވެ.

ކަރައެއް ފެޅުމުން އެތަނުގައި އެ ކުޅުންތެރިއެއްގެ ޓީމުގެ ދިދަ ޖެހޭނެއެވެ. މިއީ އެ ސަރަހައްދެއް އެ ޓީމަކުން ހޯދިކަން އަންގައިދޭ ނިޝާނެކެވެ. މިގޮތަށް އިތުރަށް ކަރާ ފަޅައި، މެޕުގެ ގިނަ ސަރަހައްދުތަކެއް ހޯދައިގެން ޓީމުގެ ޕޮއިންޓް އިތުރުކޮށް، މޮޅުވުމަށް މަގުފަހިކުރެވޭނެއެވެ.

މި ފީޗާގެ ސަބަބުން މި ގޭމަށް އިތުރު ފޯރިއަކާއި ސްޓްރެޓެޖީއެއް ލިބިގެންދެއެވެ. ރޯދަ މަހުގެ ރޫހުގައި އާއިލާއާއި ރައްޓެހިންނާ އެކު މި ކުޅިވަރު ކުޅުމަށް ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށް އުރީދޫން މައުލޫމާތުދެ އެވެ.

މި ގޭމަކީ އުރިދޫގެ ރާއްޖޭގެ ކަސްޓަމަރުންގެ މެދުގައި ވަރަށް އަވަހަށް މަގުބޫލުކަން ހޯދާފައިވާ، މަޖާ އަދި އެކުވެރި ވާދަވެރިކަމަކާއި އިނާމުތަކެއް ހިމެނޭ ޑިޖިޓަލް ތަޖުރިބާއެކެވެ.

ކުޅުންތެރިންނަށް އުރީދޫ އެޕް މެދުވެރިކޮށް ކަރާ ކުއެސްޓްގައި ބައިވެރިވެވޭނެއެވެ. "ކަރާ ފެޅުން" ގޭމް ކުޅެގެން އެއް ލައްކަ ރުފިޔާގެ އަގުހުރި ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ރޯދަމަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ނަސީބުވެރި އެއް ފަރާތަކަށް ލިބޭ އެއް ލައްކަ ރުފިޔާގެ ބަންޑަލްގައި ހިމެނެނީ:

  • ޑީޖޭއައި މިނީ 5 ޕްރޯ ފްލައި މޯ ކޮމްބޯ ޕްލަސް (އާރުސީ2)
  • ޑީޖޭއައި ނިއޯ 2 މޯޝަން ފްލައި މޯ ކޮމްބޯ
  • އޮސްމޯ އެކްޝަން 6 އެޑްވެންޗާ ކޮމްބޯ
  • ޑީޖޭއައި ޕޮކެޓް 3 ކްރިއޭޓާ ކޮމްބޯ
  • މެކްބުކް އެއާ އެމް5
  • އައިޕެޑް އެއާއެ
  • ޕަލް ޕެންސިލް
  • އައިފޯން 17 ޕްރޯ 256ޖީބީ