ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފްރެންޗައިޒް ކަމަށްވާ "ގޯލްމާލް" ގެ ފަސްވަނަ ފިލްމު "ގޯލްމާލް 5" ގެ މަސައްކަތް ފަށައިފިއެވެ. މި ފިލްމާ ބެހޭގޮތުން ޑައިރެކްޓަރު ރޯހިތު ޝެޓީ ހިއްސާކުރި ވީޑިއޯއާއެކު ފޭނުންނަށް ވަނީ ވަރަށް ބޮޑު ސަޕްރައިޒްތަކެއް ލިބިފައެވެ.
މި ފަހަރުގެ އެންމެ ބޮޑު އެއް އުފަލަކީ، ފުރަތަމަ ފިލްމަށްފަހު ފްރެންޗައިޒުން ވަކިވި ޝަރުމަން ޖޯޝީ އަލުން މި ޓީމާ ގުޅުމެވެ. މީގެ އިތުރުން، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު ވެސް މި ފިލްމުގެ މުހިންމު ރޯލަކުން ފެންނާނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ.
ރޯހިތު ޝެޓީ އާންމުކުރި ވީޑިއޯއިން ފެންނަނީ އަޖޭ ދޭވްގަން، އަރުޝަދު ވަރްސީ، ކުނާލް ކޭމޫ، ޝްރެޔަސް ތަލްޕަޅޭ އަދި ތުޝާރު ކަޕޫރު އެކުގައި ތިއްބައެވެ. ވީޑިއޯގައި ޝަރުމަން ޖޯޝީ ފެންނައިރު، އަކްޝޭ ކުމާރު ފެންނަނީ ތަފާތު ސިފައެއްގައެވެ. އޭނާ ހުރީ ބޯ ބާލައި، ކަޅު ކުލައިގެ ހެދުމެއްގައެވެ.
"ގޯލްމާލް" ފްރެންޗައިޒަށް 20 އަހަރު ފުރުން ފާހަގަކުރަމުން ރޯހިތު ޝެޓީ ބުނީ، މި ދަތުރުގައި ބެލުންތެރިން ދިން ލޯތްބާއި ސަޕޯޓަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި "ގޯލްމާލް 5" އަކީ ބެލުންތެރިން މުނިފޫހިފިލުވައިދިނުމަށް ކުރާ އިތުރު މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
މި އިއުލާނާއެކު ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވެސް އަންނަނީ ފިލްމުގެ ޓީމަށް މަރުހަބާ ކިޔަމުންނެވެ. އެގޮތުން ރަންވީރު ސިންގާއި ވަރުން ދަވަން ފަދަ ތަރިން ވަނީ މި ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރުކުރާކަމަށް ބުނެފައެވެ.
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު