ހޮރުމޯޒް ކަނޑުއޮޅި ހުޅުވަން ގައުމުތަކުން ނިކުތުމަށް ޓްރަމްޕް އެދެން ފަށައިފިއެވެ.
އިރާނަށް ދެމުންދާ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިރާނުން ވަނީ އެގައުމުގެ ކޮންޓްރޯލް އޮންނަ ހޮރުމޯޒް ކަނޑުއޮޅި ބަންދުކޮށް ތެޔޮ ބޯޓުތައް ހިފަހައްޓާފައެވެ.
އިރާނުން ތެޔޮ ބޯޓުތަކަށް ފިޔަވަޅުތައް އަޅަން ފެށުމާއެކު ދުނިޔޭގެ ތެލުގެ ބާޒާރަށް އެކަމުގެ ސީދާ އަސަރުކޮށް ބޮޑުތަނުން ދަނީ އަގުބޮޑުވަމުންނެވެ.
އިރާނުން އަޅާ ފިޔަވަޅުތަކުގެ ޒިންމާ އެމެރިކާގެ ބޮލުގައި ގިނަ ގައުމުތަކުން އަޅަމުންދާ އިރު އެމެރިކާއިން ދަނީ ހޮރުމޯޒް ކަނޑުއޮޅި ހުޅުވުމަށް މަސައްކަތްތައް ކުރަމުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓްރުތް ސޯޝަލްގައި ކުރި ޕޯސްޓެއްގައި ވަނީ ގައުމުތަކުން ހޮރުމޯޒް ކަނޑުއޮޅި ހުޅުވަން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވުމަށް އެދިފައެވެ. އެގޮތުން އެެމެރިކާއާއި ގުޅިގެން ހޮރުމޯޒް ކަނޑުއޮޅި ހިމެނޭ ސަރަހައްދު ހުޅުވުމުގެ މަސައްކަތުގައި ގައުމުތަކުން ބައިވެރިވެ ތެލުގެ މައްސަލައަށް ހައްލު ހޯދުމަށް އެދިފައެެވެ.
ޓްރަމްޕްގެ އެދުމަށް ގައުމުތަކުން ގޮތެއް ނިންމަން މަސައްކަތް ފަށާފައިވާއިރު ބޮޑެތި ގައުމުތަކުން އެކަމާ ދެކޮޅު ހަދާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
އެމެރިކާއާއި ގާތް ގުޅުމެއް އޮންނަ އީޔޫގެ ގައުމުތަކުގެ ތެރެއިން ސްވިޒަލެންޑުން ރޭގެ ވަގުތެއްގައި ވަނީ ޓްރަމްޕްގެ ހުށަހެޅުމާ ދެކޮޅު ހަދާފައެވެ. އެ ގައުމުން ވަނީ އެ ހަރަކާތުގައި ބައިވެރިވުމަކީ އެ ގައުމުގެ ގާނޫނުތައް ތަންދޭ ކަމެއް ނޫންކަމަށާއި އެއީ ހަނގުރާމައިގައި ބައިވެރިވުން ކަމަށް ސިފަކޮށްފައެވެ.
މުހައްމަދު އައުޒަމް
ތެލުގެ އަގު
ތެލުގެ އަގު
ތެލުގެ އަގު
ތެލުގެ އަގު
ބަލަ އެހެން ގައުމުތައް ކީއްކުރަން ކަލޭމެންގެ މުލައްދަނޑީގައި ބާރު އެބަހުއްޓެއްނު؟ ވީމާ ހަމަ ދާގޮތައް ގޮސް ހުޅުވަބަލަ……!!!
ނުރަބޯ - 3 މަސް ކުރިން