އިރާނުން ޔޫއޭއިއަށް ފޮނުވާ މިސައިލު ހަމަލާތަކުގައި ދުބާއީއަށް ލިބިފައިވާ ގެއްލުންތަކުގެ މަންޒަރު އާންކުމުރި 21 މީހަކު ދުބާއީން ހައްޔަރުކޮށްފިއެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ދުބާއީގެ އާންމުންނާއި ފަތުރުވެރިންގެ އިތުރުން ސޯޝަލް މީޑިއާގައި މަޝްހޫރު ގިނަ ފަރާތްތަކެއް ހިމެނޭކަމަށް އޮފިޝަލުން ބުނެއެވެ.

ދުބާއީގައި ހައްޔަރުކުރާ މީހުންގެ ކަންކަން ދިރާސާކުރާ ޑިޓެއިންޑް އިން ދުބާއީން އާންމުކޮށްފައިވާ މައުލޫމާތުން ހާމަވާގޮތުގައި ގެއްލުންތަކުގެ މަންޒަރުތައް ފޮޓޯ ނެގި މީހުންނާއި ވީޑިއޯ ނެގި މީހުންގެ އިތުރުން ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ކޮމެންޓު ކުރި މީހުން ވެސް ހައްޔަރުކޮށްފައިވާކަ މަށް ވެއެވެ.

ޔޫއޭއީގެ ސައިބަ ކްރައިމް ގާނޫނުގެ ދަށުން އެފަދަ މަންޒަރުތައް އާންމުކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅޭނެއެވެ. ދެ އަހަރުގެ މުއްދަތަށް ޖަލަށް ލުމުގެ އިތުރުން 5،500 އެމެރިކާ ޑޮލަރާއީ 55،000 އެމެރިކާ ޑޮލަރާއި ދެމެދުގެ ޖޫރިމަނާ ކުރުމުގެ ބާރު އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް ލިބިފައިވެއެވެ. މީގެ އިތުރުން ބޭރު މީހެއް ނަމަ މުޅި އުމުރަށް ޑީޕޯޓުވެސް ކުރެވޭނެ ބާރު ގާނޫނުން ދީފައިވެއެވެ.

އިރާނުން ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ދުބާއީއަށް ބައެއް ހަމަލާތައް އަރައި ލިބެމުންދާ ގެއްލުން އާންމު ނުކުރުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ތަކުރާރުކޮށް އާންމުންނަށް އިރުޝާދު ދީފައެވެ.