އެެމެރިކާއިން ވައިގެތެރޭ ތެޔޮ އަަޅަން ބޭނުންކުރާ ފްލައިޓެއް ވެއްޓިއްޖެއެވެ.
އެމެރިކާގެ އާމީގެ ސެންޓްރަލް ކޮމާންޑުން ވަނީ އެގައުމުން މެދުއިރުމަތީގައި އޮޕަރޭޓު ކުރާ ވަރުގަދަ ފްލައިޓު ކޭސީ-135 މަރުކާގެ ފްލައިޓެއް ވެއްޓިފައިވާ ކަމަށް ބުނެފައެވެ.
އިރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުން އަންނަ މިލިޓަރީ އޮޕަރޭޝަންގައި ބޭނުންކުރާ ފްލައިޓުތަކަށް ވައިގެތެރޭގައި ތެޔޮ އެޅުމަށް ބޭނުން ކުރާ އެ ފްލައިޓު ވެއްޓިފައިވަނީ އިރާގުގެ ސަރަހައްދަށް ކަމަށް އޮފިޝަލުން ބުނެއެވެ.
އެމެރިކާގެ އެންމެ ވަރުގަދަ އެއް ފްލައިޓު ވެއްޓިފައިވާ އިރު، ކޭސީ-135 މަރުކާގެ ދެ ފްލައިޓެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި އެތަނުން އެއް ފްލައިޓު ސަލާމަތުން ލޭންޑް ކޮށްފައިވާކަމަށް ވެސް އޮފިޝަލުން ބުނެއެވެ.
އެމެރިކާގެ އާމީގެ ސެންޓްރަލް ކޮމާންޑުން ބުނީ ފްލައިޓު ވެއްޓެން ދިމާވި ސަބަބެއް އަދި ހޯދިފައިނުވާ ކަމަށާއި ހަމަލާއެއް ދިން ކަމެއްވެސް އަދި ނޭނގޭ ކަމަށެވެ.
ބައެއް ރިޕޯޓުތައް ވެސް ބުނާގޮތުގައި އެ ފްލައިޓަށް އިރާގުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިން ދިން މިސައިލް ހަމަލާއެއްގައި ފްލައިޓު ވަނީ ވެއްޓިފައެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް