31 ބިދޭސީއަކު ބަލައިފާސްކޮށް ގަވާއިދާ ހިލާފުވި 2 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ރޭ ބުނީ މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް (އެމްއެމްސީޕީ)ގެ ދަށުން ހުޅުމާލޭގައި މޮނީޓަރިންގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގައި 31 ބިދޭސީއަކު ބަލައި ފާސްކޮށް ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ދެ ބިދޭސީއަކު ވަނީ ހިފަހައްޓާފައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މިނޫނަސް އެމްއެމްސީޕީގެ ދަށުން މި ހަފުތާގެ ހޯމަދުވަހު މާލެއާއި ހުޅުމާލޭގައި ހެނދުނާއި ހަވީރު މޮނިޓާ ކުރުމުގެ ހަރަކާތް އިމިގްރޭޝަނުން ކުރިއަށް ގެންގޮސްފައިވެއެވެ. އެއޮޕަރޭޝަންގައި 45 ބިދޭސީން ބަލައި ފާސްކޮށް، ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންގެންދިޔަ ދެ ބިދޭސީން ހިފަހައްޓާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ގަވާއިދާހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ފެށި އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހީގައި، ގަވައިދާހިލާފަށް އުޅެމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދީ ރާއްޖެއިން ޑީޕޯޓްކޮށްލާނެކަމަށެވެ.
ރައީސް ވިދާޅުވީ ދިވެހީންނަށް، ވަކިން ހާއްސަކޮށް ދިވެހި ޒުވާނުންނަށް، ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަށް ކުރެވޭ މަސައްކަތުގެ ފުރިހަމަ ނަތީޖާ ނުކުންނާނީ، އަދި އޭގެ ދާއިމީ ހެޔޮ ބަދަލު ގައުމުގެ އިގްތިސޯދަށް ކުރާނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށްގެން ކަމަށެވެ.
ފާތިމަތު ލިއުޝާ
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
ހެޔޮ ބަދަލް އަންނާނީ ހުރިހާ މަސާޖު ކުރާ ތަންތަން ބަންދު ކޮށްގެން. މަސްލަހަތު އޮންނަ ސްޕާތަށް ބަންދު ނުކޮށް ނޭންގޭ ކަމަށް ހަދައިގެން ތިބެގެނެއްނޫން. ބިދޭސީންގެ ކަންތަށް ހިންގަނީ ވެސް މި ބީދައިން. ޙެހެ
ބިމްމާ - 3 މަސް ކުރިން