އެލައިޑް އިންޝުއަރެންސްއިން، އެލައިޑްގެ އިންސްޓަގްރާމް ފޮލޯވަރުންނަށް އަމާޒުކޮށްގެން އެންމެ ފަހުގެ އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ލިބޭ "އެލައިޑް އައިފޯން ޑްރޮޕް" ގިވްއަވޭ ކެމްޕޭނާ ގުޅުވައި، ސްކޭމަރުން، ސްކޭމްތަކެއް ހިންގާތީ، ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
އެލައިޑުން މިއަދު ބުނީ "އެލައިޑް އައިފޯން ޑްރޮޕް ގިވްއަވޭ" ގެ ބައިވެރިންނަށް އަމާޒުކޮށް، އޮޅުވާލައިގެން މައުލޫމާތު ހޯދުމަށް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުންދާ ފޭކް އެކައުންޓްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ސްކޭމަރުން ދަނީ ގޫގުލް ފޯމެއް ފުރުމަށް ބައިވެރިންނަށް މެސެޖުކުރަމުންކަމަށް އެލައިޑުން ބުންޏެވެ.
ގިވްއަވޭގެ ބައިވެރިން ގޫގުލް ފޯމެއް ފުރުމަށް ނުވަތަ ބޭރުގެ އެއްވެސް ލިންކަކަށް މައުލޫމާތު ފޮނުވުމަށް އެލައިޑް ފަރާތުން ނޭދޭނެކަމަށް އެލައިޑުން ބުންޏެވެ.
އެހެންކަމުން، އަމިއްލަ މައުލޫމާތު ހިއްސާކުރުމަށް އެދި ނުރަސްމީ ފަރާތްތަކުން ފޮނުވާ މެސެޖުތަކަކީ އެލައިޑާ އެއްވެސް ގުޅުމެއް ހުރި މެސެޖުތަކެއް ނޫންކަމަށް އެލައިޑުން ބުންޏެވެ.
"އެލައިޑް އައިފޯން ޑްރޮޕް ގިވްއަވޭއާ ގުޅޭ ހުރިހާ ރަސްމީ މުއާމަލާތެއް ކުރިއަށްދާނީ ހަމައެކަނި އެލައިޑްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް @allied.mv މެދުވެރިކޮށް" އެލައިޑުން ބުންޏެވެ.
ގިވްއަވޭއާ ގުޅިގެން އެލައިޑްގެ ނަމުގައި ޝައްކުކުރެވޭ ފަދަ އެއްވެސް މެސެޖެއް ލިބިއްޖެ ނަމަ، އެ މެސެޖަކަށް އިޖާބަ ނުދީ، އެ އެކައުންޓެއް ރިޕޯޓްކުރުމަށްފަހު ވީ އެންމެ އަވަހަކަށް އެލައިޑަށް އެކަން އެންގުމަށް އެދޭކަމަށް އެލައިޑުން ބުންޏެވެ.
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް