ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ތާއީދު ކުރައްވަނީ ހަމައެކަނި ޕީޕަލަސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނަށް ކަަމަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު އޮތް ހުޅުމާލެ ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ނިންމަވައިލައްވަމުން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސް ވިދާޅުވީ، ހުޅުމާލޭ ދެކުނު ދާއިރާގައި އެ މަނިކުފާނު މިއަދު ބައެއް ގެތަކަށް ވަޑައިގަތުމުން އެ މަނިކުފާނުގެ ތާއީދު އޮތީ އެމްޑީޕީގެ ކެންޑިޑޭޓަށް ކަަމަށް އެ ފަރާތްތަކުން ބުނި ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ތާއީދު އޮތީ ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓުންނަށް ކަމަށެވެ.
"ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އަޅުގަނޑު ތާއީދުކުރާ ކެންޑިޑޭޓުން ތިބޭނީ ޕީއެންސީ ޓިކެޓްގައި. ހާއްސަކޮށް މި ދާއިރާގައި (ހުޅުމާލެ ދެކުނު ދާއިރާ) އަށް ނިކުމެ ހުރި އެމްޑީޕީ ކެންޑިޑޭޓަށް އަޅުގަނޑު ތާއީދު ކުރާ ކަމަށް. އެއީ ކަނޑައެޅިގެން ދޮގެއް އިނގޭތޯ. އަޅުގަނޑުގެ ތާއީދު އޮންނާނީ އަޅުގަނޑުމެންގެ ކެންޑިޑޭޓަށް އެކަނި. ޕީއެންސީ ކެންޑިޑޭޓަށް އެކަނި. މިނިވަންކޮށް ހުންނަ ކެންޑިޑޭޓަކަށްވިޔަސް އެމްޑީޕީ ޓިކެޓްގައި ހުރި ބޭފުޅަކަށް ވިޔަސް އަދި އެއްވެސް އެހެން ބޭފުޅެއްގެ ޕާޓީއެއްގެ ޓިކެޓްގައި ހުރި ކެންޑިޑޭޓަކަށް އަޅުގަނޑުގެ ތާއީދެއް ނޯންނާނެ," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހުޅުމާލެ ދެކުނު ދާއިރާ އިން އެމަނިކުފާނުގެ ފުރިހަމަ ތާއީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު އުބައިދު (އުބޭ) އަށް ކަމަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު