އެލައިޑް އިންޝުއަރެންސްއިން، އެލައިޑްގެ އިންސްޓަގްރާމް ފޮލޯވަރުންނަށް އަމާޒުކޮށްގެން އެންމެ ފަހުގެ އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ލިބޭ "އެލައިޑް އައިފޯން ޑްރޮޕް" ގިވްއަވޭ ކެމްޕޭނެއް ފަށައިފިއެވެ.

އެލައިޑުން މިއަދު ބުނީ އެ ގިވްއަވޭ ކުރިއަށްދާނީ މިއަދުން ފެށިގެން މިއަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ގިވްއަވޭގައި ބައިވެރިވުމަށް ފުރިހަމަކުރަންޖެހޭ ޝަރުތުތައް:

  • އެލައިޑް އިންޝުއަރެންސްގެ ރަސްމީ އިންސްޓަގްރާމް ޕޭޖް (allied.mv@) ފޮލޯކުރުން
  • މި ކެމްޕެއިނާ ގުޅޭ ޕޯސްޓުގެ ކޮމެންޓް ސެކްޝަންގައި 6 އެކުވެރިން ޓެގްކުރުން
  • އެ ޕޯސްޓު އަމިއްލަ އިންސްޓަގްރާމް ސްޓޯރީގައި ޝެއާ ކުރުން

އެލައިޑުން ބުނީ ގިވްއަވޭ ޕޯސްޓުގައި ގިނައިން ކޮމެންޓް ކުރުމުން ގުރުއަތުން ހޮވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

ޕްރައިވެޓް އިންސްޓަގްރާމް އެކައުންޓް ގެންގުޅޭ ފަރާތްތަކުން ސްޓޯރީއަށް ޕޯސްޓް ކުރުމަށްފަހު، އޭގެ ސްކްރީންޝޮޓެއް އެލައިޑްގެ އިންސްޓަގްރާމަށް ޑީއެމް ކުރަން ޖެހޭނެކަމަށް އެލައިޑުން ބުންޏެވެ.