ރޯދަމަހުގެ ފަހު 10 ގައިވެސް ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)ގެ ކަސްޓަމަރ ކެއާގެ ޚިދުމަތް ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ. އެޗްޑީސީން ބުނީ، ރޯދަ މަހުގެ ފަހު 10 ގައި ކަސްޓަމަރ ކެއާގެ ޚިދުމަތް އެއްކޮށް ހުއްޓައި ނުލާނެ ކަމަށާއި އެހެން ނަމަވެއް ޚިދުމަތް ލިބޭ ވަގުތު މަދު ވާނެ ކަމަށެވެ.
އެ ގޮތުން ފަހު 10 ގައި މި ޚިދުމަތް ލިބޭނީ ދުވާލަކު ދެގަޑިއިރު ކަމަށްވެސް ބުންޏެވެ.
ފަހު 10 ގެ ދުވަސްތަކުގައި އެޗްޑީސީގެ ކަސްޓަމަރ ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން 12:00 އަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ކަސްޓަމަރުންނަށާއި ތަނުގެ މުވައްޒަފުންނަށް ލުއި ފަސޭހަ އިންތިޒާމެއްގެ ދަށުން ރޯދަމަހު ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ