ތިން ގައުމެއްގެ ނޮން ރެސިޑެންޓް ސަފީރުން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދު ރުހުން ދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވުމާ ގުޅިގެން، ތިން ގައުމެއްގެ ނޮން ރެސިޑެންޓް ސަފީރުކަަމަށް އައްޔަންކުރަން މަޖިލީހުން މިއަދު ރުހުން ދިނީ، މ. ކޮތަންމާގެ މުހައްމަދު ހުސެއިން ޝަރީފަށާއި، މ. ވެސްޓް ސައިޑް އަހްމަދު ސަރީރު އާއި ހ. މިސްޓީލޮޖް އާމިނަތް ޝަބީނާއަށެވެ.
މީގެ ތެރެއިން، މިހާރު އެކުވެރި އަރަބި އިމާރާތަށް ރައްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް ނޮން ރެސިޑެންޑް ސަފީރުކަމަށް އައްޔަން ކުރަން ހަމަޖެހިފައިވަނީ އަރްމީނިއާއަށެވެ.
ސައުދީ އަރަބިއްޔާއަށް މިހާރު ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަހްމަދު ސަރީރު އައްޔަންކުރަން ހަމަޖެހިފައިވަނީ، އޮމާނަށެވެ. އަދި ޝަބީނާ އައްޔަންކުރަން ހަމަޖެހިފައިވަނީ ސާބިޔާ އާއި މޯލްޓާއަށެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް