ނޭޕާލްގެ އިންތިހާބު ބަލެންދްރާ ޝާހް ކާމިޔާބު ކުރައްވާނެކަން ޔަގީންވެއްޖެއެވެ.

ނޭޕާލްގެ ސަރުކާރު އެ ގައުމުގެ ޒުވާނުން ނިކުމެ ވައްޓާލުމަށްފަހު އެ ގައުމުގައި ބޭއްވި ފުރަތަމަ އާންމު އިންތިހާބު ނިމި ވޯޓު ގުނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އިންތިހާބުގެ ނަތީޖާއަށް މުޅި ނޭޕާލް ތައްޔާރުވެފައިވާއިރު މިހާތަނަށް އިއްޔެގެ ނިޔަލަށް އެގައުމުގެ އިލެކްޝަން އިން އާންމު ކޮށްފައިވާ މައުލޫމާތުން އެ ގައުމުގެ ކުރީގެ ބޮޑުވަޒީރާ ވާދަކޮށް ޒުވާން ކެންޑިޑޭޓު ޝާހަށް ވަނީ 68،348 ވޯޓު ލިބިވަޑައިގެންފައެވެ.

ނޭޕާލްގެ ކުރީގެ ބޮޑުވަޒީރު ކޭޕީ އޮލީއަށް ލިބިވަޑައިގެންފައިވަނީ 18،734 ވޯޓު ކަމަށް އިލެކްޝަނުން ބުނެއެވެ.

އިންތިހާބުނެ ދާއިމީ ނަތީޖާ މިއަދު އާންމު ކުރުމަށް ހަމަޖެހިފައިވާއިރު 35 އަހަރުގެ ބަލެންދްރާ ޝާހުގެ ރަސްތްރިޔާ ސްވަތްރާ ޕާޓީން އިންތިހާބު ކާމިޔާބު ކުރާނެ ކަން މިހާރު ވަނީ ޔަގީން ވެފައެވެ.

ނޭޕާލްގެ މަޝްހޫރު ރެޕް ލަވަކިއުންތެރިއެއްގެ ގޮތުގައި އާންމުންނަށް އެނގޭ ޝާހު ސިޔާސީ ދާއިރާއަށް ނިކުމެ އެ ގައުމުގެ ޒުވާނުންނާއި ގުޅިގެން ބޮޑެތި މުޒާހަރާތައް ކޮށް ކުރީގެ ވެރިކަން ވައްޓާލުމާއެކު އޭނާގެ މަގުބޫލުކަން އިތުރުވެފައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ.