ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން ކުރިއަށްގެންދާ "ރޯދަ ކުއެސްޓް"ގައި 200 އަށްވުރެ ގިނަ ގޭމަރުން ބައިވެރިވެއްޖެއެވެ.
އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ހަރަކާތަކީ ގޭމިން ކޮމިއުނިޓީއަށް އަމާޒުކޮށްގެން ތަފާތު ގޭމިން ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ.
މިހާތަނަށް 200 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާ އެ މުބާރާތުގެ ތެރޭގައި ހިމެނެނީ މަގުބޫލު ގޭމްތައް ކަމަށްވާ ބްރޯލްހާލާ، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް، އީއޭއެފްސީ 26 އަދި ޓެކެން 8 ފަދަ ގޭމްތަކެވެ. އެ ހަރަކާތް ފަރުމާކޮށްފައިވަނީ ހުރިހާ ފެންވަރެއްގެ ގޭމް ކުޅުންތެރިންނަށް ބައިވެރިވެވޭ ފަދަ ގޮތަކަށެވެ.
ދިރާގުން ބުނީ ކޮންމެ ރެއަކުވެސް ރޭގަނޑު 9:00 އިން މެންދަމު 12:00 އަށް ކުރިއަށްދާ އެ ހަރަކާތަކީ، ގޭމް ކުޅުމަށް ޝައުގުވެރިވާ ފަރާތްތައް އެއްތަނަކަށް ޖަމާވެ، ވާދަވެރި މާހައުލެއްގައި ހުނަރު ދައްކާލުމަށާއި އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ހުޅުވާލެވިފައިވާ ފުރުސަތެއް ކަމަށެވެ. އޭގެ އިތުރުން، މިއީ ރާއްޖޭގައި ފުޅާވަމުން އަންނަ އީ-ސްޕޯޓްސްގެ ސަގާފަތް ތަޖުރިބާ ކުރުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ.
އެ އިވެންޓުގެ ބައިވެރިންނަށް، އިވެންޓުގެ ޕާޓްނަރުން ކަމަށްވާ މިނިސޯ، ޝީޝާ، މެގަޗިޕް އަދި ވިލާމާޓުން ހުށަހަޅާފައިވާ ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
އޭގެ އިތުރުން، އިވެންޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އެކި ހަރަކާތްތަކުގައި ބައިވެރިވެގެންވެސް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
އެ މުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް https://dgg.mv މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށާއި އަދި އިވެންޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެތަނުގައި ތައްޔާރުކޮށްފައިވާ ގޭމް ސްޓޭޝަންތަކުގައި ހިލޭ ގޭމް ކުޅުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމުގައިވާ ޑީޖީޖީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
ޑީޖީޖީން ކުރިއަށްގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް https://dgg.mv މެދުވެރިކޮށް ލިބިގެންދާނެއެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު