ހުޅުމާލޭ ފޭސް ދޭއްގައި ގާއިމްކޮށްފައިވާ "އަމާން" އުދަރެސް ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން މިއަދު ހަވީރު، އެޗްޑީސީ އަދި އެފްޑީސީ ގުޅިގެން ކޮމިއުނިޓީ ރޯއްދަވީއްލުމެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
އެޗްޑީސީން މިއަދު ބުނީ ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް ވެސް ހިމެނޭ ގޮތަށް ކުރިއަށްގެންދާ މި ރޯއްދަވީއްލުން އޮންނާނީ، މިއަދު ހަވީރު 05:00 އިން ފެށިގެން 06:45 އަށް، ހުޅުމާލޭ ފޭސް 2 ގެ ދުނބުރިގަސް މަގު (އުދަރެސް ޓަވަރު 11 އަދި 13 ކުރިމަތީ) ގައެވެ.
އެޗްޑީސީ އާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ގުޅިގެން "އަވައްޓެރި ރޯދަ ވީއްލުން" ނަމުގައި، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މިދިޔަ އަހަރުވެސް ވަނީ ރޯއްދަވީއްލުންތަކެއް ބާއްވައިފައެވެ.
އެގޮތުން މިއަހަރުވެސް މި ހަރަކާތް ކުރިއަށްގެންދަން އެޗްޑީސީން ނިންމާފައިވާ އިރު، މިއަދު ކުރިޔަށް މިގެންދަނީ މިފަދަ ފުރަތަމަ ރޯއްދަވީއްލުމެވެ. އަދި ރޯދަ މަހުގެ ބާކީ އޮތް ދުވަސްތަކުގައި ހުޅުމާލޭގެ އެހެން ސަރަހައްދުތަކުގައި ރޯދަވީއްލުން ބޭއްވުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ހުޅުމާލޭގެ ރައްޔިތުންނާއި އެޗްޑީސީ އަދި ނެއިބަހުޑް ޕޮލިސް ގުޅިގެން ކުރިއަށްގެންދާ "އަވައްޓެރި ރޯދަ ވީއްލުން" ހަރަކާތުގެ މަގްސަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުމެވެ.
އެޗްޑީސީގެ އަމާޒަކީ ކުރިއަށްއޮތްތަނުގައިވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމެވެ. އަދި ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުމެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ