މާލެއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުންދިޔައީ ޅ. ނައިފަރު / ކަށިމާގެ، ފާތިމަތު ނޫރާ (32އ) އެވެ.

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހުގެ ރޭ 8:00 ހާއިރު ނޫރާ ގެއިންބޭރަށް ދިޔަފަހުން ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އެރޭ 12:19 ހާއިރު އާއިލާއިން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބުނީ އިއްޔެ ހެނދުނު 11:20 ހާއިރު ފާތިމަތު ނޫރާ ގެއަށް ގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް އާއިލާއިން މައުލޫމާތުދީފައިވާ ކަމަށެވެ.