މިއަހަރު ބާއްވާ 98 ވަނަ އޮސްކާ އެވޯޑު ހަފުލާގައި އެވޯޑު ހަވާލުކޮށްދޭ ތަރިންގެ ލިސްޓަށް މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ހޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް އިތުރުކޮށްފިއެވެ.
އެކެޑަމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސަސް އިން އިއްޔެ އާންމުކުރި ލިސްޓުގައި ޕްރިޔަންކާގެ އިތުރުން ރޮބަޓް ޑައުނީ ޖޫނިއާ، އޭން ހެތަވޭ، ގްވެނެތު ޕެލްޓްރޯ، ޕޯލް މެސްކަލް އަދި ވިލް އާނެޓް ހިމެނެއެވެ. މިއީ ޕްރިޔަންކާ އޮސްކާ ހަފުލާއެއްގައި އެވޯޑު ހަވާލުކޮށްދޭ ދެވަނަ ފަހަރެވެ. މީގެ ކުރިން 2016 ވަނަ އަހަރުގެ ހަފުލާގައި ވެސް އޭނާ ވަނީ އެވޯޑު ހަވާލުކޮށްދީފައެވެ.
މި ލިސްޓުގައި ރޮބަޓް ޑައުނީ ޖޫނިއާ އާއި ގްވެނެތު ޕެލްޓްރޯ އެކުގައި ހިމެނުމުން، މިއީ "އަޔަން މޭން" ފިލްމުގެ ތަރިން އެކުގައި ސްޓޭޖުމަތިން ފެނިގެންދާނެ ފަހަރެއް ކަމަށް މީޑިއާތަކުން ފާހަގަކުރެއެވެ. މި ފަހަރުގެ އޮސްކާ ހަފުލާގައި އެވޯޑު ހަވާލުކޮށްދޭނެ ކަމަށް މީގެ ކުރިން އިއުލާންކޮށްފައިވާ ތަރިންގެ ތެރޭގައި ކްރިސް އިވަންސް، ޑެމީ މޯ، ޒޯއީ ސަލްޑާނާ އަދި ހާވިއޭ ބާޑެމް ފަދަ ތަރިން ހިމެނެއެވެ.
މި މަހުގެ 15 ވަނަ ދުވަހު އެމެރިކާގެ ލޮސް އެންޖެލިސްގެ ޑޮލްބީ ތިއޭޓަރުގައި ބާއްވާ މި ހަފުލާ ހުށަހަޅައިދޭނީ މަޝްހޫރު ކޮމީޑިއަން ކޯނަން އޯބްރަޔަން އެވެ. މި އަހަރުގެ އޮސްކާ އެވޯޑުގައި އެންމެ ގިނަ ނޮމިނޭޝަން ލިބިފައިވަނީ 16 ނޮމިނޭޝަނާއެކު ރަޔަން ކޫގްލާގެ ފިލްމު "ސިނާސް" އަށެވެ. މިއީ އޮސްކާގެ ތާރީޚުގައި ވެސް ފިލްމަކަށް އެންމެ ގިނަ ނޮމިނޭޝަން ލިބުނު ފަހަރެވެ.
އޮސްކާ އެވޯރޑްސް
އޮސްކާ އެވޯރޑްސް
އޮސްކާ އެވޯރޑްސް
އޮސްކާ އެވޯރޑްސް