ލޮސް އެންޖަލެސްގައި ރޯވެ އަނދަމުންދާ އަލިފާނުގެ ހާދިސާތަކާ ގުޅިގެން، އޮސްކާ ނޮމިނޭޝަންތައް ފަސްކޮށްފިއެވެ. އެކަޑަމީ އޮފް މޯޝަން ޕިކްޗާސް އާޓްސް އެންޑް ސައިންސަސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖެނުއަރީ 14 ގައި ނިންމުމަށް ހަމަޖެހިފައިވާ ވޯޓުލުމުގެ މުއްދަތު ޖެނުއަރީ 17 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނީ އަލިފާނުގެ ސަބަބުން ކުރިމަތިވެފައިވާ ބޮޑެތި ގެއްލުންތަކުގެ ސަބަބުން އެންމެން ވެސް ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ. އެކަޑަމީއަކީ އަބަދުވެސް ފިލްމު ސިނާއަތުގައި އެއްބައިވަންތަކަން އުފައްދާ ބާރެއް ކަމަށާއި މި އުނދަގޫ ދަނޑިވަޅުގައި އެކުގައި ތިބުމަށް އެދިފައިވެއެވެ.
މީގެ އިތުރުން ލޮސް އެންޖަލެސް ސަރަހައްދުގައި އަދިވެސް ރޯވަމުންދާ އަލިފާނުގެ ސަބަބުން، މެންބަރުންނަށް އިތުރު ވަގުތު ދިނުމަށްޓަކައި ވޯޓުލުމުގެ މުއްދަތު އިތުރުކޮށް ނޮމިނޭޝަން އިއުލާނުކުރާ ތާރީހު ބަދަލުކުރުމަކީ މުހިންމު ކަމެއްކަމަށް ދެކޭކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އޮސްކާ ނޮމިނޭޝަންތަކުގެ ލިސްޓު ޖެނުއަރީ 23 ގައި ނެރޭން ވަނީ ނިންމައިފައެވެ. ނޮމިނީސް އިއުލާނުކުރެވޭނީ ވާޗުއަލްކޮށް، ތަނުގައި ލައިވް އޯޑިއަންސެއް ނެތިއެވެ. 97 ވަނަ އެކަޑަމީ އެވޯޑްސްއަށް ބަލާއިރު، މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 2 ގައި ހޮލިވުޑްގެ ޑޮލްބީ ތިއޭޓަރުގައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން